ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމުމަށް ފަހު، އަނބުރާ ރާއްޖެ އައުމަށް ތައްޔާރުވެގެން ހުރި ޒުވާނަކު ނިޔާވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.
26 ސެޕްޓެމްބަރ 2025
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމުމަށް ފަހު، އަނބުރާ ރާއްޖެ އައުމަށް ތައްޔާރުވެގެން ހުރި ޒުވާނަކު ނިޔާވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުން އައި ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ނ. ހޮޅުދޫ، ސްވޯޑް، ހުމެއިދު އަހުމަދު، 30، އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހުމެއިދު ވެއްޓިފައި އޮއްވާ ފެނުނީ އާއިލާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދޭތީ، އޭނާއާ އެކު އެއް އެޕާޓްމަންޓެއްގައި ދިރިއުޅެމުން ދިޔަ އެހެން ދިވެއްސަކަށް ގުޅައިގެން އިތުރަށް ބެލުމުން ކަމަށެވެ.
ހުމެއިދު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ވެ އެވެ.
"ގްރެޖުއޭޝަން ވެސް ނިންމުމަށް ފަހު ރޭ މާލެ އަންނަން އޮތީ،" ރަށުން ވާހަކަ ދެެއްކި އެހެން މީހަކު ބުންޏެވެ.
މައުލޫމަތު އެނގޭ އިތުރު މީހަކު ބުނީ އިއްޔެ ހެނދުނު ވެސް މަންމަ އަށް ގުޅައިގެން ހުމެއިދު ވާހަކަ ދެއްކި ކަމަށެވެ.
މާލޭގައި ދިރިއުޅޭ އެ އާއިލާގެ މީހުން ހުމެއިދަށް މަރުހަބާ ކިޔުމަށް ވެލާނާ އެއާޕޯޓަށް ވެސް ދިޔަ ކަމަށްވެ އެވެ. އެކަމަކު، ބޯޓުން މީހުން ފައިބައިގެން އެތައް އިރެއް ވިއިރު ވެސް ހުމެއިދުގެ ޚަބަރެއް ނުވުމުން އޭނައާ އެކު ފިލިޕީންސްގައި ދިރިއުޅެމުން ދިޔަ މީހާ އަށް ގުޅީ އެވެ.
"ގުޅައިގެން ބެލިއިރު ކޮޓަރި ތެރޭގައި ވެއްޓިފައި އޮތީ. ފޮއްޓަށް އެއްޗެހި އަޅައި ޕެކް ވެސް ކޮށްފައި ހުރި ކަމަށް މައުލޫމާތު ލިބޭ،" އޭނާ ބުންޏެވެ.
ހުމެއިދުގެ އާއިލާ މީގެ އަހަރުތަކެއް ކުރިން ވަނީ މާލެ ބަދަލުވެފަ އެވެ. އަހުލާގު ރަނގަޅު އަދި މަޑުމައިތިރިކޮށް ހުންނަ ޒުވާނާގެ ކުއްލި ވަކިވުމާ އެކު، އާއިލާއަށް ވަނީ ބޮޑު ހިތާމައެއް ލިބިފަ އެވެ.
މަރުވި ދެމަފިރިންގެ ހަށިގަނޑު ފިލިޕިންސަށް ގެންގޮސްފި
މަރުވި ދެމަފިރިންނާ ފިލިޕިންސް ސަރުކާރުން ހަވާލުވެއްޖެ
ހުވަފެނީ ހަނީމޫން މަރުގެ ދަތުރަކަށް
މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ޒަކިއްޔާގެ މަރު: ދައުވާ ކުރުމާމެދު ޕީޖީއާއެކު މަޝްވަރާ
ޒަކިއްޔާގެ މަރު: އިންސާފު ވާސިލްވާނެ ކަމުގެ ޔަގީންކަން
ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވެއްޖެ
ދޮގު ތުހުމަތުކުރާތީ ޒަކިއްޔާގެ ދަރިން ދައުވާކުރަނީ
ޒަކިއްޔާގެ މަރު ތަހުގީގުކުރަން ކޮމިޝަނެއް ހަދަން އެދެފި