ސައްހަ ވިސާއެއްގައި ސައޫދީ އަރަބިއްޔާއަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން އެ ގައުމުން ނިންމައިފި އެވެ.
ސައްހަ ވިސާއެއްގައި ސައޫދީ އަރަބިއްޔާއަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން އެ ގައުމުން ނިންމައިފި އެވެ.
"ސައޫދީއަށް ޒިޔާރަތްކޮށް އުމްރާގެ އަޅުކަން އަދާކުރަން ގަސްތުކުރަންތަ؟ މިހާރު ކޮންމެ ވިސާއެއްގައި އަޔަސް އުމްރާކުރެވޭނެ،" ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން އެކްސްގައި ލިޔެފައިވެ އެވެ.
"ﷲ ގެ މެހެމާނުންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމަށް، ހުރިހާ ވިސާ ހޯލްޑަރުންނަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ މިހާރު އޮންނާނެ. އޭގެ ތެރޭގައި އަމިއްލަ، އާއިލާގެ މީހުންނާ ބައްދަލުކޮށްލަން ކުރާ ދަތުރުތަކަށް ނަގާ ޕާސަނަލް ވިސާ، ޓްރާންސިޓް ނުވަތަ ސްޓޮޕްއޯވާ ވިސާ، ވޯކް ވިސާ، ޓޫރިސްޓް އީ-ވިސާ އަދި އެނޫން ހުރިހާ ވިސާއެއް އޮންނަ މީހުން ވެސް ހިމެނޭ،" އެ ޕޯސްޓްގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނެފައިވަނީ ސައޫދީއަށް އެތެރެވުމަށް ފަހު ނުސުކް އުމްރާ ޕްލެޓްފޯމުން، އެ މީހަކު ބޭނުންވާ ޕެކޭޖެއް ނެގުމާ އެކު ވަގުތުން އުމްރާ ވިސާ ލިބޭނެ ކަމަށެވެ. އޭރުން އުމްރާގެ އަޅުކަމުގެ ހުރިހާ ކަމެއް ފަސޭހަކަމާ އެކު ކުރެވޭނެ ގޮތްތައް ހަމަޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހަކޮށްދޭން ސައޫދީން ކުރަމުން އަންނަ މި މަސައްކަތުގައި ގެނައި މި ބަދަލަކީ "ސައޫދީ ވިޝަން 2030" ގައި ހިމެނޭ ކަންކަން ހާސިލްކުރުމުގައި ވެސް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
27 ވިލޭރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ގެފުޅަށް
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
އުމްރާއަކަށް މިހާރު ހޭދަވާނީ 104 މިނެޓް
ހައްޖަށް ފަހު އުމްރާގެ އަޅުކަމަށް އަންނަމަހު ހުޅުވާލަނީ
ހަރަމްފުޅު ހުޅުވާލައި 15،000 މީހުން އުމްރާކުރެވޭނެ
ހަތް މަހަށް ފަހު، އުމްރާކުރަން ހަރަމްފުޅު ހުޅުވާލައިފި
އުމްރާގެ ހުރިހާ ހުއްދައެއް މިހާރު އަމިއްލައަށް ހޯދޭނެ
ހަރަމްފުޅުގެ ސެކިއުރިޓީއެއްގެ އަމަލުތަކުން ފާޑުކިޔުން
ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި