ތ. ތިމަރަފުށިން ދޫކުރާ 100 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިިނިސްޓްރީން ދީފި އެވެ.
08 އޮކްޓޯބަރ 2025
ތ. ތިމަރަފުށިން ދޫކުރާ 100 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިިނިސްޓްރީން ދީފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިމަރަފުށިން ފްލެޓް ލިބުނު މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ރަށުގައި މިނިސްޓްރީން ކުރިއަށް ގެންދިޔަ ނަމަވެސް، އަދިވެސް ބައެއް މީހުން އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށެވެ.
އެހެންވެ، މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ މީހުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް އަންނަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:30 އަށް މިނިސްޓްރީގެ ކުރިއަށް ގެންދާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރަން އެ ތާރީހުތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިނިސްޓްރީން ފްލެޓް ލިބުނު މީހުންނަށް ގުޅާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
"މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުސަތުކަމުގައި ވެސް ދެންނެވީމެވެ،" އެ އިއުލާނުގައި ބުންޏެވެ.
ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ފްލެޓް ނުވަތަ ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރި އާއި ތިން ފާހާނަ އާއި ބަދިގެ އަދި ސިޓިންރޫމް ހިމެނޭ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަނެވެ. އޭގެން 83 ފްލެޓް ހާއްސަކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުންނަށެވެ. އަދި ބާކީ ހުރި ފްލެޓްތައް ދެނީ އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށެވެ.
ސަރުކާރުން ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އިމާރާތްކުރީ އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. މީގެ ފަސް އަހަރު ކުރިން 2020 ގައި ފެށި އެ ޕްރޮޖެކްޓަށް ސަރުކާރުން 83 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ތުޅާދޫ ހައުސިން ޔުނިޓު ދޫކުރަން މިނިސްޓްރީ ހަވާލުވެއްޖެ
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދިނުން އިންސާފުވެރި؟
ޝަރުތު ހަމަވި މީހުން ފްލެޓަށް އަލުން ކުރިމަތިލާން ޖެހޭ
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން
އާ ފްލެޓާއި ގޯއްޗަށް ހުޅުވާލާނީ ޖެނުއަރީ 4 ގައި
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ސިޔާސަތު ހާއްސަކުރީ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް
ފްލެޓް ދޭން ގެދޮރުނެތް މީހުންނަށް އިސްކަންދެވޭނެ ގޮތެއް