ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު އެކްސިޑެންޓް ރިޕޯޓު ނުކޮށް ދިޔަ ފުލުސް މީހާ ސަސްޕެންޑް ކޮށްފި އެވެ.
09 އޮކްޓޯބަރ 2025
ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު އެކްސިޑެންޓް ރިޕޯޓު ނުކޮށް ދިޔަ ފުލުސް މީހާ ސަސްޕެންޑް ކޮށްފި އެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ހައްޔަރުކުރީ މުހައްމަދު ހަސަން، 33، މއ. ސައީދުވާދީ އެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހެވެ. ޖެހިގެން އައި ދުވަހު ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައި ވަނީ، ތުހުމަތުކުރެވޭ މީހާ އަކީ މިހާރު ވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހަކަށް ވުމާއި އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަންޖެހޭ ހާލަތެއް ނެތުމެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އޭނާ ހައްޔަރު ކުރި ދުވަހު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފިތުރޯނު މަގުން، ވެމްކޯ ކައިރީގަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އެކްސިޑެންޓް ހިނގުމުން ޕޮލިސް މީހާ ވަނީ އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓެއް ނުކުރެ އެވެ.
ކޯޓުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވާ ގޮތުގައި، އެ ފުލުސް މީހާ ހައްޔަރުކުރީ އެކްސިޑެންޓު ރިޕޯޓު ނުކޮށް ފިލާފައި ވާތީ އެވެ.
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
އެކްސިޑެންޓަކާ ހެދި ބަދަލު ހޯދަންކުރި ދައުވާ ނާކާމިޔާބު
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
ފުލުހަކު އެކްސިޑެންޓެއް ރިޕޯޓް ނުކޮށް ފިލި މައްސަލައެއް
ލައިސަންސް ނެތި ދުއްވަނިކޮށް ޖެހުނީ ކުއްޖެއްގެ ގައިގައި
މަގު ހުރަސްކުރަނިކޮށް ކާރުން ޖައްސައި ފިލުމުން ހައްޔަރު
މިދިޔަ ހަފްތާގައި ބްރިޖާއި ހައިވޭގައި 44 އެކްސިޑެންޓް