މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ މާރާމާރީ ހިންގީ، މައްޗަންގޮޅީގައި މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ. ޕާކްކޮށްފައިވާ ސައިކަލެއްގެ މަތީގައި އިން މީހަކަށް، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ؛
12 އޮކްޓޯބަރ 2025

- ގއ. މާމެންދޫ، މޯރާ، ތޯއިފް ރަފީގު، 26
- ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް އަބްދުﷲ 25
- ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް އަބްދުﷲ 25
- ލ. ގަން، ތުނޑި، ރޯސްބަޑް، އަހުމަދު ނީޒާދު 29
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހަތަރު މީހަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ދެ ވަނަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހު އިރުއޮއްސުނު ފަހުން، ސައިކަލެއްގައި ގޮސް ބޮޑުތަކުރުފާނު މަގު ޕޯސްޓު އޮފީސް ކައިރީގައި ހުރި މީހަކަށް ހަމަލާދިނުމުންނެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛
- ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސެއިން، 22
- ލ. މާމެންދޫ، މުރިނގި، ރަޖުވާން ލަތީފް، 24
މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.
ދެކުނުގެ އަތޮޅުތަކުން ޑްރަގްގު 12 ނެޓްވޯކެއް ހޯދިއްޖެ
މާރާމާރީގައި އަނިޔާވެ ފަރުވާ ދެނިކޮށް، މަރުގެ އިންޒާރު
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބަލާނަން: ޕޮލިސް
ފްލިކް އަދި ބަޓަފްލައި ނައިފް މަނާވެއްޖެ!
ގޭންގު ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފި
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ފާސްކޮށްފި
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
ކުށުގައި އުޅޭ ކުދިން އިތުރުވާތީ ފުލުހުންގެ ކަންބޮޑުވުން