ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އިން އއ. އަތޮޅުގައި ހިންގާ ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި ދުވާލަކު 8 ގަޑިއިރު އަވިން ކަރަންޓު އުފައްދަން ފަށައިފި އެވެ.
12 އޮކްޓޯބަރ 2025
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އިން އއ. އަތޮޅުގައި ހިންގާ ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި ދުވާލަކު 8 ގަޑިއިރު އަވިން ކަރަންޓު އުފައްދަން ފަށައިފި އެވެ.
ސީސީއާރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރިސޯޓަކީ ސާފު އަދި ފެހި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ހިންގާ "ސޯލާ އެނާޖީ އިނީޝިއޭޓީވް"ގެ ދަށުން ހިންގި އަވިން ހަކަތަ އުފައްދާ ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ވެލިގަނޑު މޯލްޑިވްސް ރިސޯޓުގެ ވޯޓާ ވިލާތަކުގެ މަތީގައި ސޯލާ ޕެނަލް ހަރުކޮށްފައި.-- ފޮޓޯ: ސީސީއާރު
މިދިޔަ ދެ ހަފުތާގައި ޓެސްޓިން މަރުހަލާ ނިންމުމަށް ފަހު އެ ރިސޯޓުގައި މިހާރު އަވިން ހަކަތަ އުފައްދަން ފަށާފައިވާ ކަމަށް ސީސީއާރުން ބުންޏެވެ.
ސީސީއާރުން ބުނީ އެ ރިސޯޓުގައިި ދުވާލަކު 8 ގަޑިއިރަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އަވީގެ ހަކަތަ މިހާރު ބޭނުންކުރެވޭނެ ކަމަށެވެ.
ވެލިގަނޑުގައި ރިސޯޓުގައި އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އެއީ އޮސްޓްރިއާގެ ކުންފުންޏެއް ކަމަށްވާ ސްވިމްސޮލްއާ ހަވާލުކޮށްގެން ހިންގި ޕްރޮޖެކްޓެކެވެ.
ވެލިގަނޑު މޯލްޑިވްސް ރިސޯޓުގައި ސޯލާ އެނާޖީ ރައްކާކުރުމަށް ބޭނުންކުރާ ސްޓޯރޭޖް ސިސްޓަމް.-- ފޮޓޯ: ސީސީއާރު
އަވިން ހަކަތަ އުފެއްދުމަށް އެ ރިސޯޓުގައި ވަނީ 3،003 ސޯލާ ޕެނަލް ބަހައްޓައިފަ އެވެ. އެ ސޯލާ ޕެނަލްތަކުން 1،441 ކިލޯވޮޓްގެ ހަކަތަ އުފެއްދޭނެ އެވެ.
މި ނިޒާމު ބޭނުންކުރަން ފެށުމާ އެކު، ދުވާލަކު 4،750 ކިލޯގްރާމްގެ ކާބަންޑައިއޮކްސައިޑް، ޖަވަށް ބޭރުވުން މަދުކުރެވޭނެ ކަމަށް ވެސް ސީސީއާރުން ބުންޏެވެ.
ވެލިގަނޑުގައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފަތުހުﷲ އިބްރާހިމް ވިދާޅުވީ މިއީ ދެމެހެއްޓެނިވި ޓޫރިޒަމް ކުރިއެރުވުމަށް އެ ރިސޯޓުން ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ވެލިގަނޑު މޯލްޑިވްސް ރިސޯޓުގެ ވޯޓާ ވިލާތަކުގެ މަތީގައި ސޯލާ ޕެނަލް ހަރުކޮށްފައި.-- ފޮޓޯ: ސީސީއާރު
"މޫސުން ރަނގަޅު ދުވަހެއްގައި، މިހާރު މުޅި ރަށް ސޯލާ ހަކަތައިން ހިންގޭނެ، ކަރަންޓު އުފައްދަން އަޅުގަނޑުމެން މިހާރު ބޭނުންކުރާ ޖަނަރޭޓަރުތައް 8 ގަޑިއިރަށް ބޭނުން ނުކޮށް ބެހެއްޓޭނެ، އެއީ މީގެ އަހަރެއް ކުރިން ވާނެ ކަމަށް ވެސް ހީކުރި ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ސީސީއާރުން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އަމާޒަކީ އެ ރިސޯޓަކީ ހަމައެކަނި އަވީގެ ހަކަތައިން އޮޕަރޭޓްކުރާ ތަނަކަށް ހެދުމެވެ.
އާ ޖީލަށް އަމާޒުކޮށް ވެލިގަނޑުގެ ހާއްސަ ޕްރޮގްރާމެއް
ކްރައުން އެންޑް ޗަމްޕާގެ "ނަލަ މޯލްޑިވްސް" ހުޅުވައިފި
ދާއެޅުމާއި އެންދެރި ނެގުމުގެ ހިޔާލު ފާޅުކޮށްފި
މިޔަރު މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއް
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ޗަމްޕާގެ ޖަވަކަރާގައި މެރިން ރިސާޗު ސެންޓަރެއް
ޗައިނާގެ ސޯލާ ކުންފުނިތައް ގެންނަން މަސައްކަތްކުރަނީ
މިޔަރު ހިމާޔަތްކުރުމުގެ ނަމޫނާ ދަމަހައްޓަން ގޮވާލައިފި
ހަނިފަރު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި
ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދަނީ