Roadha Mihaaru

ހެރީ ކޭން ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފި

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ގޯލަކާ އެކު 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބެޔާން މިއުނިކުން ބުންޑެސްލިގާގައި ކުޅުނު ހަތް ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ހެރީ ކޭން ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފި

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ގޯލަކާ އެކު 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބެޔާން މިއުނިކުން ބުންޑެސްލިގާގައި ކުޅުނު ހަތް ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ކޭންގެ ގޯލަކުން ލީޑު ކުރަމުން ދަނިކޮށް ދެ ވަނަ ގޯލު 79 ވަނަ މިނިޓުގައި ޖަހައިދިނީ މައިކަލް އޮލީސޭ އެވެ. ޑޯޓްމަންޑްގެ ލަނޑު 84 ވަނަ މިނިޓުގައި ޖެހީ ހޫލިއަން ބްރެންޓް އެވެ.

ކޭންގެ މި ގޯލާ އެކު އޭނާ ވަނީ ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފަ އެވެ. ކޭން ވަނީ ލޯނުގައި ލޭޓަން އޮރިއެންޓަށް ކުޅެމުން ފަސް ގޯލު ޖަހައިފަ އެވެ. އެއަށް ފަހު މިލްވޯލްގައި ނުވަ ގޯލު ޖެހި އިތު ލެސްޓަ ސިޓީއަށް ވަނީ ދެ ގޯލު ޖަހައިދީފަ އެވެ.

ބެޔާނަށް ބަދަލުވުމުގެ ކުރިން ޓޮޓްނަމް ހޮޓްސްޕާގައި ކޭން ވަނީ 280 ގޯލު ޖަހައިފަ އެވެ. އަދި ބެޔާންގައި މިހާތަނަށް އޭނާ ވަނީ 104 ގޯލު ޖަހައިފަ އެވެ.

މީގެ އިތުރުން އޭނާ އަކީ މިހާތަނަށް 76 ގޯލު ޖަހައިގެން އިނގިރޭސި ގައުމީ ޓީމުގެ ވެސް އޯލް ޓައިމް ޓޮޕް ސްކޯރަރެވެ.

ބެޔާން އެއް ވަނައިގައި އޮތީ ހަތް މެޗުން ހޯދި 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 16 ޕޮއިންޓް ލިބިފައިވާ އާރުބީ ލައިޕްޒިގެވެ. ފަނަރަ ޕޮއިންޓާ އެކު ތިންވަނައިގައި ސްޓުޓްގާޓް އޮތް އިރު، ޑޯޓްމަންޑް އޮތީ 14 ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ.

ލީގުގެ އިތުރުން ބެޔާން ވަނީ މިހާތަނަށް މި ސީޒަންގައި ކުޅުނު 11 މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.