ލިވަޕޫލް ފަހު ވަގުތު އެއްވަރު ކުރި ނަމަވެސް ހެރީ މެގުއާ ޖަހައިދިން ލަނޑުން މެންޗެސްޓާ ޔުނައިޓެޑް 2-1 އިން މޮޅުވެ ޓޭބަލްގެ ކުރީގައި ތިބި ޓީމުތަކާ ޕޮއިންޓުގެ ގޮތުން ގާތަށް ޖެހިލައިފި އެވެ.
ލިވަޕޫލް ފަހު ވަގުތު އެއްވަރު ކުރި ނަމަވެސް ހެރީ މެގުއާ ޖަހައިދިން ލަނޑުން މެންޗެސްޓާ ޔުނައިޓެޑް 2-1 އިން މޮޅުވެ ޓޭބަލްގެ ކުރީގައި ތިބި ޓީމުތަކާ ޕޮއިންޓުގެ ގޮތުން ގާތަށް ޖެހިލައިފި އެވެ.
މިވަގުތު ޔުނައިޓެޑް ޓޭބަލްގެ ނުވަވަނައިގައި އޮތަސް، ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ޔުނައިޓެޑަށް އަށް މެޗުން 13 ޕޮއިންޓެވެ. ސިޓީ ވަނީ 16 ޕޮއިންޓް ހޯދާފަ އެވެ.
އެއްވަނައިގައި އޮތީ 19 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. އެންމެ ފަހުގެ ލީގުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާ އެކު ހަތަރުވަނައަށް ވެއްޓިފަ އެވެ.
މިރޭގެ މެޗުގެ ދެވަނަ މިނިޓުގައި ބްރަޔަން އެމްބުއެމޯގެ ގޯލަކުން ޔުނައިޓެޑް ވަނީ ލީޑު ނަގައިފަ އެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް ކުރި މަސައްކަތުން ނަތީޖާ އެއްވަރުކޮށްގެން ކުޑަ އުންމީދެއް ހޯދީ 78 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ.
މީގެ އިތުރުން ވެސް ގަކްޕޯ އާއި އެލެކްޒެންޑާ އީސާކް އަދި މުހައްމަދު ސަލާހަށް ވެސް ވަނީ ގޯލު ޖަހާނޭ ފުރުސަތުތައް ލިބި ނާކާމިޔާބުވެފަ އެވެ.
ހެރީ މެގުއާ ޔުނައިޓެޑް މޮޅު ކޮށްދިން ގޯލު ޖެހީ 84 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ނަގައިދިން ބޯޅައަކުންނެވެ.
މިއީ 2016 ގެ ފަހުން ލިވަޕޫލްގެ ދަނޑުގައި ޔުނައިޓެޑް މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ނޮވެމްބަރު 2014 ގެ ފަހުން ލިވަޕޫލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މި ބައްޔާ އެކު އެންމެ ފަހުން ކުޅުނު ލީގުގެ ތިން މެޗާއި ޗެމްޕިއަންސް ލީގު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ.
މިއީ މެންޗެސްޓާ ޔުނައިޓެޑް މި ސީޒަންގައި ލީގުގައި ޖެހިޖެހިގެން މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ. އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ޔުނައިޓެޑް ވަނީ ޗެލްސީ ބަލިކޮށްފަ އެވެ.
އީސާކް ހުރީ އެންމެ ރަނގަޅު ފޯމުގައި: ސްލޮޓް
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ލިވަޕޫލަށް އެއްވަނައަށް ނޭރުނު؛ ގޯސް ހެދީ އަމިއްލައަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި