ހުޅުމާލޭގައި ހަދަމުންދާ އެންމެ ބޮޑު އެއް ލަގްޒަރީ ރެޒިޑެންސް ކޮމްޕްލެކްސް، ބޭފެންސީ ރެޒިޑެންސްގެ 18 ބުރީ އިމާރާތުގައި ސުޕަސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށް ބޭފެންސީއިން ބުނެފި އެވެ.
23 އޮކްޓޯބަރ 2025
ހުޅުމާލޭގައި ހަދަމުންދާ އެންމެ ބޮޑު އެއް ލަގްޒަރީ ރެޒިޑެންސް ކޮމްޕްލެކްސް، ބޭފެންސީ ރެޒިޑެންސްގެ 18 ބުރީ އިމާރާތުގައި ސުޕަސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށް ބޭފެންސީއިން ބުނެފި އެވެ.
ސުޕަސްޓްރަކްޗާގެ މަސައްކަތަކީ އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމައި، ރޫފްޓޮޕާ ހަމައަށް އިމާރާތުގެ އުސްމިނަށް ހަދާ ސްޓްރަކްޗަރަލް ފްރޭމެވެ. މި މަސައްކަތް ނިމުމަކީ އެ ޕްރޮޖެކްޓަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބޭފެންސީއިން ސިފަކުރެ އެވެ.
ބޭފެންސީއިން ބުނީ އެ އިމާރާތުގެ މަސައްކަތްތައް ތާވަލުކޮށްފައިވާ ވަގުތަށް ނިންމަމުން ދާއިރު، އެ މަސައްކަތްތައް ކުރަމުންދަނީ އިންޖިނިއަރިން ސްޓޭޑާޑުތަކަށް ފެތޭ ގޮތަށްކަމަށާއި އެ ކުންފުނިން މަސައްކަތް ކުރިއަށް ދާ މިންވަރު ދެ ފުށް ފެންނަގޮތަށް ރިޕޯޓުކުރަމުންދާ ކަމަށެވެ.
އެއީ އެ ތަނުގެ ޔުނިޓުތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަނުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޭފެންސީއިން މި އިމާރާތުގެ މަސައްކަތް ފެށީ މި ދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. ޑީޕް ޕައިލް ފައުންޑޭޝަނުން ފެށި އެ މަސައްކަތުގައި 350 ޕައިލްސް ވަނީ 12 މީޓަރުގެ އަޑީގައި ޖަހައި، ފައުންޑޭޝަނުގެ މަސައްކަތް ނިންމާފަ އެވެ. އެއީ އެ އިމާރާތް ގިނަ ދުވަހު ދެމިހުންނާނެކަން ޔަގީންކުރުމަށް އެޅި ފިޔަވަޅެކެވެ. އެ މަހުގެ ފަހު ކޮޅުން ފެށިގެން އެ ކުންފުނިން ވަނީ ސްޓީލް ޝީޓް ޕައިލްގެ މަސައްކަތްތައް ކޮށްފަ އެވެ.
މި އަހަރުގެ މާޗު މަހާ ހަމައަށް އައި އިރު، ބޭސްމަންޓާއި ގްރައުންޑް ފްލޯގެ ސްލެބް އެޅުމުގެ މަސައްކަތް ނިންމައި، ބިމުން މައްޗަށް އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިންމާފަ އެވެ. މި އިމާރާތުގެ ފުރަތަމަ ފްލޯގެ މަސައްކަތް ވެސް މާޗު މަހު ނިންމި އެވެ. މި ދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 18 ވަނަ ބުރީގެ ސްޓްރަކްޗަރަލް ފްރޭމްގެ މަސައްކަތް ވަނީ ނިމިފަ އެވެ.
ބޭފެންސީން ބުނީ، އެ ކުންފުނިން ހަދާ އެޕާޓްމެންޓުތަކުން ފެންނާނީ، ލަގްޒަރީ އެޕާޓްމެންޓްތަކުގެ މުޅިން އާ ކޮންސެޕްޓެއް ކަމަށެވެ. އެ އެޕާޓްމެންޓްތަކުގައި ސްމާޓް ހައުސް ސިސްޓަމްތައް ވެސް ބަހައްޓާނެ އެވެ. އެތަން ހަދަނީ އެންމެ ޒަމާނީ، ކޮލިޓީ ރަނގަޅު ސާމާނު ބޭނުންކޮށްގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެޕާޓްމެންޓްތައް ޑިޒައިން ކުރުމުގައި ނެޗުރަލް ވެންޓިލޭޝަން ލިބޭނެ ގޮތްތަކަށް އިސްކަން ދީފައިވާ ކަމަށް ބޭފެންސީއިން ބުންޏެވެ. އެ ތަނުގެ ބައެއް އެޕާޓްމެންޓުން "ޕެނޮރެމިކް ވިއު" އާއި ހުޅުމާލޭގެ 270 ޑިގްރީ ވިއު ވެސް ލިބޭނެ އެވެ. އެ އިމާރާތުގައި ކޮމާޝަލް ސެންޓަރެއް ހަދާއިރު ޕާކު ކުރާނެ ޖާގަ ވެސް ފަހިކޮށްދޭނެ އެވެ. އަދި 17 ވަނަ ބުރީގައި އޮބްޒަވޭޝަން ޑެކެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ބޭފެންސީ ރެޒިޑެންސް އަކީ ޖުމްލަ 18 ބުރީގެ އިމާރަތެކެވެ. އެއީ ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏަކުން ފަށާފައިވާ މަސައްކަތެކެވެ. އެ ކުންފުނިން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްގެންނެވެ.
ބޭފެންސީން ގެނެސްދެނީ ލަގްޒަރީ ދިރިއުޅުމުގެ ވައްޓަފާޅި
ބޭފެންސީގެ ލޮބީ: ހިތްގައިމުވެފައި އެތައް ހިދުމަތެއް ލިބޭނެ
ބޭފެންސީ ހިޔާރުކުރަންވީ ކީއްވެ؟
ބޭފެންސީ އެޕާޓްމަންޓްތަކުގެ މައުލޫމާތު އެކްސްޕޯގައިދެނީ
ބޭފެންސީގެ އެޕާޓްމަންޓުތައް ވިއްކަން ފަށަން ތައްޔާރު ވަނީ
ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ ފެސިލިޓީތައް ބޭފެންސީގައި