ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަދި ޅ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
27 އޮކްޓޯބަރ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަދި ޅ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ތިން ދުވަހުގެ އެ ދަތުރުފުޅުގައި ޅ. އަތޮޅު މީހުން ދިރިއުޅޭ ހަތަރު ރަށަށާއި ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މިއަދު ފުރަތަމަ ވަޑައިގަތީ ޅ. އޮޅުވެލިފުއްޓަށެވެ. އެ އަށް ފަހު ކުރެންދޫގެ އިތުރުން ހިންނަވަރަށް ވެސް ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ ނައިފަރުގަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ކ. އަތޮޅުން ކާށިދޫ، ދިއްފުށި އަދި ތުލުސްދު އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.
އަދި އެ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ދެ އަތޮޅަށް ރައީސް ކުރައްވާ އެ ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ. އެ މަނިކުފާނު އެންމެ ފަހުން މިދިޔަ ހަފުތާގައި ވަޑައިގަތީ ލ. އަތޮޅަށެވެ.
ރައީސް މުއިއްޒު އއ. އާއި ކ. އަތޮޅަށް
ކުރެންދޫ ބިން އިތުރުކުރަން ޅޮސްއަލަފުށި އަނބުރާ ހޯދަނީ
މެދު ރާއްޖެ އަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި
އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
"ހައްލުނުހޯދައި ޔާމީން އިންނެވީ ފަސްމިނިޓް ތާސްކުޅެން"
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ