ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްގައި އަދާވަތްތެރިންނާއި އެ މައްސަލައެއްގައި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
30 އޮކްޓޯބަރ 2025
ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްގައި އަދާވަތްތެރިންނާއި އެ މައްސަލައެއްގައި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ހެއްކާ ބެހޭ އުސޫލުތައް ބަޔާންކޮށް 2022 ވަނަ އަހަރު ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގައިވާ ގޮތުން ގާނޫނުގައި މިހާރު އޮތް ހަތަރު މާއްދާއެއް އުވާލަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރެއިން އެއް މާއްދާއަކީ ހެއްކާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ އެވެ.
އެ މާއްދާގައި ބުނެފައިވަނީ ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާ ނަމަ އެ މައްސަލައެއްގައި އެ މީހެއްގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށެވެ.
މި މާއްދާ އުވާލުމާ އެކު، މަސްލަހަތު ފުށުއަރާ މީހުންނާއި އަދާވަތްތެރިންގެ ހެކި ބަސް ވެސް ޝަރީއަތަށް ބަލައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް، އެކަމުގެ އުސޫލުތަކެއް ގާނޫނުގައި ހިމަނައިފައެއް ނެތެވެ.
މިފަދަ ހެކިންގެ ހެކިބަސް ބަލައިގަތުމަށް ގާނޫނުން މަނާވެފައިވާ އޮތް ދޮރު އާ އިސްލާހާ އެކު ހުޅުވިގެންދާއިރު، ކޯޓުތަކުން މިކަމުގައި އަމަލުކުރާނެ އުސޫލުތައް ހުކުމްތަކުން ކަނޑައަޅާނެ ކަަމަށް ބެލެވެ އެވެ. ފާސިގުންގެ ހެކިބަސް ބަލައިގަތުމާ ގުޅޭ ގޮތުން ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި އުވާލަން ކަނޑައަޅާފައިވާ އަނެއް މާއްދާއަކީ 75 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ އެހެން މީހެއްގެ ހައްގަކާ ބެހޭ ގޮތުން މަރު ބަލީގައިވާ މީހަކު ވާ އިގްރާރަކީ، ސައްހަ އިގްރާރެއް ކަމުގައި ބެލޭނެ ކަމަށެވެ.
މި މާއްދާ އުވާލުމުން އޭގެ ނަތީޖާއަކަށް ވާނީ މަރު ބަލީގައި މީހުންވާ އިގުރާރު ޝަރީއަތުން ބަލައިނުގަތުމެވެ.
ޕޮލިސް ލައިންއަޕްގެ އުސޫލު ތައާރަފްކުރަނީ
މައުލޫމާތު ލިބުނުގޮތް ބުނަންޖެހޭ ހާލަތްތައް އިތުރުކުރަނީ
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
ޒަމާނަށް ފެތޭ، ތަފުސީލީ، ހެއްކާ ބެހޭ ބިލެއް
މައުލޫމާތު ލިބުނު ގޮތް ބުނަންޖެހޭތީ ކަންބޮޑުވުން
ޖިންސީކުށުގައި ރުހުން ސާބިތުކުރާ ހެކި ހުށަހެޅޭ ބަދަލެއް
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ނުދެކެން:އުޝާމް
މަރުގެ އަދަބު ދޭ ބިލް މި ދައުރަށް ނިންމަނީ