އެލައިޑް އިންޝުއަރެންސުން ބައިކް މޯލްޑިވްސްއާ ގުޅިގެން "އެލައިޑް ބައިސްކަލް ރޭސް" އެއް ބާއްވައިފި އެވެ.
31 އޮކްޓޯބަރ 2025
އެލައިޑް އިންޝުއަރެންސުން ބައިކް މޯލްޑިވްސްއާ ގުޅިގެން "އެލައިޑް ބައިސްކަލް ރޭސް" އެއް ބާއްވައިފި އެވެ.
މިއީ މިއަދު ފާހަގަކުރަމުން އަންނަ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގަމުން އަންނަ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.
އެލައިޑުން ބުނީ އޭގެ ބޭނުމަކީ މުޖުތަމައުގެ ތެރޭގައި ގުޅުން ބަދަހިކޮށް، މަޖާ މާހައުލެއްގައި ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު ބޭއްވި މި ހަރަކާތުގައި ރޭހުގެ ބައިވެރިންނަށް ރިވައިވް ފިޓްނެސް އިން ވަނީ ވޯމްއަޕް ސެޝަނެއް ބާއްވައިދީފަ އެވެ. އެ ހަރަކާތުގައި ކުޑަކުދިންނާއި ބައިސްކަލު ދުއްވުމުގެ ހުނަރުވެރިން ބައިވެރިވި އެވެ. ތިން އުމުރުފުރައަކަށް ބަހާލައިގެން ބޭއްވި މި ރޭސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ މެޑަލް ދީފަ އެވެ.
އެ ރޭހުގައި ކޮންމެ ކެޓަގަރީއަކުން ހާއްސަ ލަކީޑްރޯއެއް ނަގައި ނަސީބުވެރި ތިން މީހަކަށް ފައިސާގެ އިނާމު ދިނެވެ. އެގޮތުން 7،000ރ.، 5،000ރ. އަދި 2،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ.
އެލައިޑުން ބޭއްވި ބައިސްކަލު ރޭހުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ފަޒްލާ ރަޝީދާއި ބައިކް މޯލްޑިވްސްގެ ރައީސް ފާތުމަތު ނާއިލާ އާއި ސީއީއޯ ޒުލޭހާ ހަސަން ދީދީ އާއި ފައުންޑާ މެމްބަރު އަހުމަދު ހަސަން ދީދީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެލައިޑުގެ ބައިސްކަލު ރޭހަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެލައިޑުން މަސައްކަތްކުރަމުން އަންނަނީ މިފަދަ އެކި ހަރަކާތްތަކާ އެކު ބަދަހި، އުފާވެރި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕަބްލިކް ލައިބިލިޓީ ކަވަރޭޖް އެލައިޑުން
އެލައިޑުން ކޮންޓްރެކްޓަރުންނަށް ހާއްސަ ކަވަރޭޖް ޕްލޭނެއް
އެލައިޑްގެ "ފަޔާ ތަކާފުލް" އޮންލައިންކޮށް ނެގޭނެ
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މި ޕްލޭން މުހިންމު
ޓީޓީއެމްގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް
"އެލައިޑް ފެސްޓް" ފުވައްމުލަކުގައި ބާއްވައިފި
ބޮޑެތި ބަލިތަކުގެ ފަގީރުންނަށް އިންޝުއަރެންސް ދެނީ
"ރައްކާ" ކެމްޕޭންގައި 3 ކުންފުންޏަކާ އެކު ސޮއިކޮށްފި
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާ އެކު
އެލައިޑް ދެ ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި