އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ މިރޭ ހަވާލުކޮށްފި އެވެ.
05 ނޮވެމްބަރ 2025
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ މިރޭ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއުގެ ދަށުން ހިތަދޫގައި 100 ހައުސިން ޔުނިޓް އަދި މަރަދު އާއި ފޭދޫގައި، ކޮންމެ ރަށެއްގައި 50 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.
ރައީސް އައްޑުއަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ގިނަ މަޝްރޫއުތަކެއް ފައްޓަވައި ދެއްވައި، އަދި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުންގެ ތާއީދު އެ މަނިކުފާނަށް އޮތް ކަން ހާމަކުރަން ޕޯސްޓަރުތަކެއް ދައްކާލަނީ.---ފޮޓޯ: ރައީސް އޮފީސް
ހިތަދޫގައި މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެ މަނިކުފާނުގެ އެންމެ ބޮޑު ވައުދު ކަމަށް ވާތީ، އައްޑޫގައި އަޅަން މިރޭ ހަވާލުކުރި 200 ހައުސިން ޔުނިޓްގެ އިތުރުން ވެސް އިތުރު ހައުސިން މަޝްރޫއުތައް މި ސިޓީގައި އަދި ފަށާނެ ކަމަށެވެ.
އެޗްޑީސީގެ އެމްޑީ ފަޒުލް އިސްތިއުފާ ދެއްވައިފި
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދިނުން އިންސާފުވެރި؟
ޝަރުތު ހަމަވި މީހުން ފްލެޓަށް އަލުން ކުރިމަތިލާން ޖެހޭ
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން
އާ ފްލެޓާއި ގޯއްޗަށް ހުޅުވާލާނީ ޖެނުއަރީ 4 ގައި
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ސިޔާސަތު ހާއްސަކުރީ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް