ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހަޅައި މަޖިލީހުން މިދިޔަ ބުދަދުވަހު ފާސްކުރި ބިލު، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
10 ނޮވެމްބަރ 2025
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހަޅައި މަޖިލީހުން މިދިޔަ ބުދަދުވަހު ފާސްކުރި ބިލު، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލަށް މާބޮޑު ބަދަލެއް ނުގެނެސް، ބުދަދުވަހުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލަށް ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން އެވަގުތު ތަޅުމުގައި ތިއްބެވި 10 މެންބަރުންނެވެ.
އެ ބިލުން އެސްއީޒެޑް ގާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކަށް ގެނައި ބަދަލެވެ. އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ.
ނަމަވެސް ރައީސް މިއަދު ތަސްދީގުކުރެއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖް ކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް އެ ބިލްގައިވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ ކޮން ބާވަތްތަކެއްގެ މަސައްކަތްތަކެއް ހިންގާ ސަރަހައްދުތަކެއް ކަން ކަނޑައަޅަން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާ ކުރިން އޮތްގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ އަށް ބާވަތެއްގެ އެސްޓެބްލިޝްމެންޓް ތަކެވެ.
އެސްއީޒެޑަށް ޓައުންޝިޕް: އިގްތިސާދީ އާ ވިސްނުމެއް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
ޝަންގްރިއްލާގެ މަސައްކަތްތައް ރައީސް ބައްލަވާލަައްވައިފި
އެސްއީޒެެޑްގެ ގޮތުގައި ޓައުންޝިޕް ހެދޭ ބިލް ފާސްކޮށްފި
އެސްއީޒެޑް ގާނޫނުގެ އިސްލާހު ކޮމެޓީން ފާސްކޮށްފި
އެސްއީޒެޑް އިސްލާހުގެ މަސައްކަތް މިއަދު ނިންމަނީ
ފ. މަޝްރޫއު އަށް ހެދިގޮތް ދެން ނުހެދޭނެ: ޝުޖާއު
އެސްއީޒެޑްގައި ޓައުންޝިޕް ހެދޭ ގޮތަށް ބަދަލުކުރަނީ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް