ގައުމީ ބޭންކް، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.
11 ނޮވެމްބަރ 2025
ގައުމީ ބޭންކް، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.
ބީއެމްއެލް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަސޭހަ އަދި އަވަހަށް ޓްރާންސްފާ ކުރެވޭ ގޮތަށް "ޕޭއެމްވީ ކިއުއާރު"ގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ފީޗާއިން، ބޭންކުގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު، ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑް ސްކޭން ކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
މި ހިދުމަތް ފެށުމާ އެކު، ފައިސާ ޓްރާންސްފާ ކުރަން ދެން އެކައުންޓް ނަންބަރު ކޮންމެހެން ބޭނުމެއް ނުވާނެ އެވެ.
ބީއެމްއެލް އިން ބުނީ މި އަޕްޑޭޓް ފޯނުތަކަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތް ތައާރަފުކުރުމާ އެކު، އެ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކް ކަމަށެވެ.
މި މުހިންމު ކާމިޔާބީ އިން، ރާއްޖޭގެ ޕޭމަންޓް ޓެކްނޮލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވާ ކަމަށް ވެސް އެ ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އާ ޕޭމަންޓް ސްޓޭންޑަޑާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދު ދީފައިވާ ކަމަށެވެ.
"ރާއްޖޭގައި ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"މިއަދުން ފެށިގެން ކިއުއާރު ކޯޑް ސްކޭން ކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރު ކޯޑް ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ."
ބީއެމްއެލް އިން ބުނީ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު، އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ބީއެމްއެލްއިން އެގޮތަށް ހަމަޖެއްސިއިރު، ބީއެމްއެލް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ބަދަލުތައް ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އޮތީ ވިދާޅުވެފަ އެވެ.
ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަދައިފި
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
ޑެބިޓް ކާޑުން ކުރާ ވިޔަފާރިން ނެގި ފީ 1 ޕަސެންޓަށް
"ބީއެމްއެލް އިން އެންމެންގެ ހައްގު ހިމާޔަތްކޮށްދޭނެ"
ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިފި
އޭބީއޭގެ ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރުދޭ ވަރު އިތުރުކޮށްފި