ފުވައްމުލަކުގައި ދޫކުރާ ސަޕްލައި ފެން ރައްކާތެރިކަމަށް ބުންޏަސް، ބައެއް ގޭގެއަށް ލިބެނީ "ކިލާ" ފެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
15 ނޮވެމްބަރ 2025
ފުވައްމުލަކުގައި ދޫކުރާ ސަޕްލައި ފެން ރައްކާތެރިކަމަށް ބުންޏަސް، ބައެއް ގޭގެއަށް ލިބެނީ "ކިލާ" ފެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު އިއްޔެ ފެން ދޫކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ފެން ބޭނުންކުރުން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، ފުވައްމުލަކުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ އެކި ހިސާބުތަކަށް ލިބޭ ފެނުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، ބައެއް އަވަށްތަކުން ފެން ކިލާ ވެގެން ގޮސް، ހުދު ކުލައިގެ ފެން އަންނަ ކަމަށް އޭނާ ބުންޏެވެ.
"އަނެއް ބައި ހިސާބުތަކުން އެއަށްވުރެ ކުޑަކޮށް ރަނގަޅަސް ބޯން ކަމުދާ ވަރެއް ނޫން،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފެނުގެ މައްސަލަ އެއްކޮށް ހައްލުވެ، ސާފު ފެން ލިބޭ ގެތައް ވެސް އެބަހުއްޓެވެ.
އެމްއެފްޑީއޭއިން ބުނީ ފެނުގެ ޓެސްޓު ހެދީ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ކަމަށެވެ. އަދި އެ ތަހުލީލުތަކުން އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ.
އެ ރަށުން ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފަ އެވެ. އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
ފުވައްމުލަކުގެ ފެނަށް މައްސަލަ ދިމާވުމުން ބިލު ނުކުރާނެ
ފުވައްމުލަކުގެ ފެން މިންގަނޑަށް ފެތޭ: އޮތޯރިޓީ
ފުވައްމުލަކުގެ ފެނުގެ މައްސަލާގައި ކައުންސިލުން ކޯޓަށް
ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ
ޓެސްޓުގެ ނަތީޖާ ނުލިބޭތީ ފެން ދޫނުކުރަން އެދިއްޖެ
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ފެން މީޓަރުތައް ހުރީ ބަންދުކޮށްފައި"
ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެން ލިބޭނެ: ފެނަކަ
ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރު ތެރޭގައި ހައްލުވާނެ
ފުވައްމުލަކު ފެން ނުރައްކާ މިންވަރަކަށް ތަޣައްޔަރު