ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމުން، ރަނގަޅު ވިޔަފާރިވެރިންނާއި ސުވާލު އުފެއްދޭ ވިޔަފާރިވެރިން ސާފުވާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
16 ނޮވެމްބަރ 2025
ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމުން، ރަނގަޅު ވިޔަފާރިވެރިންނާއި ސުވާލު އުފެއްދޭ ވިޔަފާރިވެރިން ސާފުވާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިބްރާހިމް މަފާޒް ވިދާޅުވީ، ކޮންޓެއިނާ ސްކޭނަރު އިންސްޓޯލް ކުރުމުން، ކަސްޓަމްސްގެ މަސައްކަތްތައް ފޯކަސް ކުރަން ޖެހޭ ކަންކަން ވެސް އިތުރަށް ސާފުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އެތެރެކުރާ ހުރިހާ މުދަލެއް ސަތޭކަ ޕަސެންޓު އެ އިދާރާ އަށް ނުބެލޭނެ ކަމަށާއި އެކަން އެ ގޮތަށް ނުވެސް ވާނެ ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު ޗެލެންޖަކީ، އެންމެންގެ އެކްސްޕެކްޓޭޝަނަކީ އަޅުގަނޑުމެން ހުރިހާ އެއްޗެއް ޗެކް ކުރަން ޖެހޭނެއޭ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން. އެހެންވެ، އިތުރު ރިސޯސަސްގެ ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.
މަފާޒް ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ތަމްރީނާއި ތަކެތި ބޭނުންވެ އެވެ. އެކަންކަން ފަހިކުރަން ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިސާބު އަކުރުތައް ޖެހި ނަމަވެސް މިދިޔަ ދުވަސްތަކުގައި އެ ކަންކަމަށް ބޭނުންވާ ބަޖެޓު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަފާޒް އެ ކޮމިޓީގެ މެމްބަރެއްގެ ވާހަކަ ކަނުލައި އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސްކޭނަރު ބެހެއްޓުމަށްޓަކައި ކަސްޓަމްސްއިން މަސައްކަތް ފެށި އިރު، އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ބަޖެޓު ކޮމިޓީ އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މި ފަހަރު ދެއްވި ކަމަށް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރުއާ ހަވާލާ ދެއްވަމުން ސަލީމް ވިދާޅުވީ، އެ މަސައްކަތަށް ފުރަތަމަ ބޭނުންވާ 15 މިލިއަން ހަމަޖައްސައިދޭނެ ކަމަށާއި ފިނޭންސް މިނިސްޓްރީން ނުވަތަ އެމްޕީއެލް މެދުވެރިކޮށް ވެސް އެ ފައިސާ ހޯދޭނެ ގޮތެއް ފަހިކޮށްދެއްވާނެ ކަމަށެވެ.
މަފާޒް ވިދާޅުވީ، ކަސްޓަމްސްއާ ގުޅޭ ގޮތުން ގޯސް އަޑުތައް އިވުނަސް ގިނަ މުވައްޒަފުންނަކީ އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި މުވައްޒަފުންނަކީ ގަދަރުވެރި މަސައްކަތްތަކެއް ކުރަން ބޭނުންވާ ބައެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ވެސް އޮންނަން ޖެހޭ. މި ޒަމާނުގައި އެކްސްރޭ މެޝިނެއް ނުބެހެއްޓޭނެ. ބައެއް މޯބައިލް ވަސީލަތްތައް ވެސް ބޭނުންވޭ. އަޅުގަނޑުމެން ސާވޭ ހަދާފައި، ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް ހުންނާނެ ބުނެފައި. އެކަމަކު ޒިންމާއާ ނުބައްދަލު ބަޖެޓެއް މި ލިބެނީ،" އޭނާ ވިދާޅުވި އެވެ.
މަފާޒް ވިދާޅުވި ގޮތުގައި، ކަސްޓަމްސްގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ، އެގޮތުން އެ އިދާރާއިން އެންމެ ބޮޑަށް މަސައްކަތް ކުރަނީ، މީހުން އިނގިލި ދިއްނުކުރާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުން ކަމަށް ވިދާޅުވި އެވެ. އަދި ގޯސްކޮށް އަމަލު ކުރާ މީހުންނާ މެދު މީގެ ކުރިން ފިޔަވަޅުތައް ވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށް މަފާޒް ވިދާޅުވި އެވެ.
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
64.2 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
"ޑޮލަރު ހަރުނުލަނީ ފޮރިން އިންވެސްޓްމެންޓް ގިނަކަމުން"
ބޮޑުކުރާ މުސާރައާ އެކު އިންފްލޭޝަނަށް ތައްޔާރުވާންޖެހޭ
ބަޖެޓު ނެތިގެން 54 މަގާމަށް މީހުން ނުނެގޭ: ސީއެސްސީ
"މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވާނީ ބަހާލައިގެން"
ކޯޓު މަރުހަލާތަކާ ހެދި އެއް ބިލިއަން ނުލިބި ތާށިވެފައި