ޖެނުއަރީ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ކޯޗުގެ މަގާމު އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވްއާ ހަވާލުކޮށްފި އެވެ.
22 ނޮވެމްބަރ 2025
ޖެނުއަރީ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ކޯޗުގެ މަގާމު އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކިރޯވްއާ ހަވާލުކޮށްފި އެވެ.
ޒަކރޯވާ އެކު އެފްއޭއެމުން އެއްބަސްވުން ހެދީ ތިން މަސްދުވަހުގެ ނިޔަލަށެވެ. އޭނާގެ ކޮންޓްރެކްޓް ފަށާނީ އަންނަ މަހު އެކެއްގަ އެވެ. ކޮންޓްރެކްޓް ހަމަވާނީ ޖެނުއަރީ 31 ގަ އެވެ.
އެފްއޭއެމުން ބުނި ގޮތުގައި ޒަކިރޯވަކީ އުޒުބެކިސްތާނުގެ ފުޓްސަލް ލީގުގެ ކްލަބް، ނެފްޗީގައި ވެސް މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރެކެވެ.
އެފްއޭއެމުން ބުނީ ގައުމީ އަންހެން ފުޓްސަލް ޓީމު ވެސް މުބާރާތަށް ތައްޔާރުކުރުމުގައި ދިވެހި ކޯޗުންނަށް ޒަކިރޯވް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭނާގެ ރަސްމީ މަގާމު އަދާކުރަނީ ފިރިހެން ފުޓްސަލް ޓީމުގަ އެވެ.
އެފްއޭއެމުން ބުނީ ރާއްޖޭގެ މަސައްކަތަށް އޭނާ ވީއްލާނީ ނެފްޗީ އާއި އެ އެސޯސިއޭޝަނާ ދެމެދު އެއްބަސްވެގެން ކަމަށެވެ.
މެއި މަހު ޗައިނާގައި ބޭއްވި ފުޓްސަލްގެ އަންހެން އޭޝިއަން ކަޕަށް އުޒްބެކިސްތާން ކޮލިފައިކޮށްދިނީ ޒަކިރޯވް އެވެ.
އޭނާގެ ކޯޗުކަމުގެދަށުން އެ މުބާރާތުގެ ގުރޫޕް އޭ ގެ ތިންވަނަ އަށް އެ ޓީމު ގެންގޮސްދިނެވެ. ޗައިނާ އާއި ތައިވާން އަދި އޮސްޓްރޭލިއާ ވެސް ހިމެނުނު ގުރޫޕްގައި އުޒްބެކިސްތާނުން އޮސްޓްރޭކލިއާ ބަލިކުރި އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ތައިލެންޑްގަ އެވެ. މުބާރާތް ޖެނުއަރީ 12 ގައި ފަށާނީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުންނެވެ.
ހާއްޕެއަށް އަދާކުރި އިހްތިރާމުން ލޮލުން ފާއްދާލީ ކަރުނަ
ފުޓްބޯޅައިން ވިދާލި ހަތަރު ކުޅުންތެރިން ފުޓްސަލް ޓީމަށް
ފުޓްސަލް ގައުމީ ޓީމަށް ނިޝާހް، ލިއުބީ ނިޔާ، ޓޯޑް
ފީފާގެ ފުޓްސަލް ރޭންކިން؛ ރާއްޖެއަށް ސާފްގެ އެއްވަނަ
ރާއްޖޭން ދެއްކީ އުންމީދީ ކުޅުމެއް: ކޯޗު އަބޯ
ލެބަނަން އިން ރާއްޖެ ބަލިކުރަން ޖެހުނީ ފަހަތުން އަރަން
އިރާން ކޮޅަށް ރާއްޖޭން ޖެހި ދެ ގޯލަށް ތައުރީފުހައްގު!
އިރާނުން މިފަހަރު 17 އަށް ވުރެ ގިނަ ލަނޑު ޖަހައިފި
ފުޓްސަލް ޓީމުގެ ތައްޔާރީތަކާމެދު ކޯޗު ހިތްހަމައެއްނުޖެހޭ
އިންޑޯގައި ފަރިތަ ކޮށްލެވުމުން ހިތްހަމަ ޖެހިއްޖެ: ކޮކޯ