ށ. މިލަންދޫ ފަރަށް މިދިޔަ އަހަރު އެރި ސިންގަޕޫރު ކުންފުންޏެއްގެ ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
24 ނޮވެމްބަރ 2025
ށ. މިލަންދޫ ފަރަށް މިދިޔަ އަހަރު އެރި ސިންގަޕޫރު ކުންފުންޏެއްގެ ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓާކޮށްފައިވާ "ޝްވޭ ލިން ޔޯން" (އައިއެމްއޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓު މިލަންދޫ ފަރަށް އެރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ފަރުމަތިން ފުންކޮށް ނަގާފައި ވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ އަހަރު ނޮވެމްބަރު ހަތެއް އަދި އަށެއްގައި އެ ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި ސަވޭޔަރުންނާ އެކު، އެ އޮތޯރިޓީން ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށް އީއާރުއޭ އިން ބުންޏެވެ.
އީއާރުއޭ އިން ބުނީ ބޯޓު ފަރަށް އެރި ސަރަހައްދު ބެލި ބެލުމުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ރާއްޖޭގެ ތިމާވެށީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދަކީ 12,006,200ރ. ކަމަށް އީއާރުއޭ އިން ބުންޏެވެ.
އީއާރުއޭ އިން ބުނީ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް އެ ބޯޓު ވެރިފަރާތް ކަމަށްވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ބުދަ ދުވަހު އަންގާފައިވާ ކަމަށެވެ.
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން 633 މިލިއަނަށް
ހުޅުމާލެ ފަރަށް ގެއްލުން ދިން މީހުންނަށް ފިޔަވަޅުއަޅަނީ
އީއާރުއޭއަށް އަލަށް އުފެއްދި މަގާމަށް އިސްހާގު
ތިމާވެށީގެ ގެއްލުމަށް ބިލިއަން ޑޮލަރު ދޭން ދެކޮޅުހަދައިފި
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
އީއާރުއޭގެ އިސްވެރިއަކަށް ހައްސާން
ބޮޑު މުސާރައަކާއެކު އީއާރުއޭއަށް އިސްވެރިޔަކު ހޯދަނީ
ފަރަށް އަރާ ބޯޓުތަކުގެ ޖޫރިމަނާ ހޯދަން ގަވާއިދެއް
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ