މަރުވި ކަމަށް ބަލައި އަންދާލަން ތައިލެންޑުގެ ބުޑިސްޓް ފައްޅިއަކަށް ގެންދިޔަ އަންހެނަކު ކުއްލިއަކަށް ހަރަކާތްކުރަން ފަށައިފި އެވެ.
މަރުވި ކަމަށް ބަލައި އަންދާލަން ތައިލެންޑުގެ ބުޑިސްޓް ފައްޅިއަކަށް ގެންދިޔަ އަންހެނަކު ކުއްލިއަކަށް ހަރަކާތްކުރަން ފަށައިފި އެވެ.
ބެންކޮކްގެ "ވަޓް ރަޓް ޕްރަޚޮންގް ތަމް" ފައްޅީގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އަންދާލަން ގެންދިޔަ މީހާ އަތާއި ބޯ ހަރަކާތްކުރަނީ ހުދު ކުލައިގެ ސަންދޯކެއްގައި ބާއްވާފައި އޮއްވަ އެވެ.
"މަރުވި" އުމުރުން 65 އަހަރުގެ އަންހެން މީހާ އަންދާލަން ސަންދޯކަށް ލައިގެން ވެހިކަލްގައި އައީ އަންހެން މީހާގެ ކޮއްކޮއެއް ކަމަށާއި ސަންދޯން ހުޅުވައިގެން ބެލީ އެތެރެއިން ސަންދޯކުގައި ތަޅާ ކަހަލަ އަޑެއް އިވިގެން ކަމަށް ފައްޅީގެ މީހަކާ ހަވާލާދީ އޭޕީ ނިއުސް އެޖެންސީން އިއްޔެ ބުންޏެވެ.
"އަހަރެން ކުޑަކޮށް ހައިރާންވި. އެންމެން ތިބީ ހައިރާންވެފައި،" އޭނާ ބުނެފައިވެ އެވެ.
"އަހަރެން ދުށިން އެ އަންހެން މީހާ ލޯ ހުޅުވާލަނިކޮށް. އަދި ސަންދޯކުގެ އެއް ފަރާތުގައި މަޑުމަޑުން ތަޅަމުން ދިޔަ. ހީވަނީ އެ މީހާ އެގޮތަށް ސަންދޯކުގައި ޖަހާތާ އެތައް އިރެއް ވެފައިވާހެން."
އަންހެން މީހާގެ ކޮއްކޮ ބުނެފައިވާ ގޮތުގައި، އޭނާގެ ދައްތައަށް ނުހިނގި އެނދުގައި އޮންނަތާ ދެ އަހަރުވެއްޖެ އެވެ. އަދި ނޭވާ ނުލާތާ ވެސް ދެ ދުވަސް ވެދާނެ ކަމަށް ބުނެފައިވެ އެވެ. ދައްތަ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވެސް ނިންމި ކަމަށާއި އެކަމަކު މަރުގެ ސެޓްފިކެޓެއް ނުދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ކޮއްކޮ ވަނީ ދައްތަގެ ހަށިގަނޑުގެ ގުނަވަންތައް ހަދިޔާކުރަން ބޭނުންވާ ކަމަށް ބުނެފައި ވާތީ 500 ކިލޯމީޓަރު ދުރަށް، ބެންކޮކްގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ. އެކަމަކު މަރުގެ ރަސްމީ ސެޓްފިކެޓެއް ނެތުމުން، ގުނަވަންތައް ނަގަން ހޮސްޕިޓަލުން އިންކާރުކުރީ އެވެ. ފައްޅިން ވެސް އެ ހަށިގަނޑު އަންދާނުލައި ފަސްކުރީ މަރުގެ ސެޓްފިކެޓް ނެތުމުން ކަމަށް ފައްޅިން ބުންޏެވެ.
އަންހެން މީހާ މަރުނުވާކަން އެނގުނީ މަރުގެ ސެޓްފިކެޓް ހޯދަން ކަންތައް ކުރަންޖެހޭ ގޮތް އަންހެން މީހާގެ ކޮއްކޮއަށް ކިޔައިދެމުން ދަނިކޮށް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެ ހިސާބުން ފައްޅީގެ ހަރަދުގައި ވަނީ އަންހެން މީހާ ހޮސްޕިޓަލަކަށް ގެންގޮސް އެ މީހާގެ ބޭސްފަރުވާގެ ހަރަދުތަކާ ހަވާލުވެފަ އެވެ.
ތައިލެންޑް ނިއުސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ އަށް ދިމާވެފައިވަނީ ސީރިއަސް ހައިޕޯގްލައިސީމިއާ ނުވަތަ ލޭގައި އާދަޔާ ހިލާފަށް ހަކުރު ދަށްވުމުގެ މައްސަލަ އެވެ. އެ މީހާގެ ހިތުގެ ނުވަތަ ނޭވާލުމުގެ މައްސަލައެއް ދިމާވެފައިނުވާކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީ އަށް ތައިލެންޑުން އެހީވަނީ
ފިހުނު މީހާއަށް ފަރުވާ ދޭން ތައިލެންޑަށް ގެންގޮސްފި
ތިނަދޫގައި ހަށިވިއްކަން ތިބި ދެ މީހަކު އަތުލައިގެންފި
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު މެކްސިކޯއަށް
މިސް ޔުނިވާސްގެ ދެ ފަނޑިޔާރަކު މުބާރާތުން ވަކިވެއްޖެ
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސް ފުޅާކޮށްފި
ބެންކޮކްގެ ހޮސްޕިޓަލެއްގެ ކުރިމަތިން ބޮޑު ވަޅުގަނޑެއް
ހުކުމް ތަންފީޒުނުވެ އޮތުމުން ތަކްސިންއަށް ޖަލު ހުކުމެއް
މެލޭޝިއާ އާއި ތައިލެންޑަށް މޯލްޑިވިއަންގެ ފްލައިޓްތަކެއް