އަތޮޅު ކައުންސިލް އުވާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
25 ނޮވެމްބަރ 2025
އަތޮޅު ކައުންސިލް އުވާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލްގައި އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި ބިލުގައި އޮތް ބަދަލަކީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާއިން އުނި ކުރުމެވެ.
އެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސް ކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
އެހެން ނަމަވެސް އެ ބިލްގައިވާ ގޮތުން އެ ބިލް ތަސްދީގުކުރި ނަމަވެސް މިހާރު އިންތިހާބުވެފައި ހުރި އަތޮޅު ކައުންސިލްތަކުގެ ދައުރު ނިމެންދެން އެ ކައުންސިލްތައް ދެމި އޮންނާނެ އެވެ. އަދި އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކަމަށް އެ އިސްލާހުގައިވެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބަދަލުކުރަން ވެސް އެ އިސްލާހުގައި ހުށަހެޅި ނަމަވެސް އެ ބައި ކޮމެޓީން ވަނީ އުނިކޮށްފަ އެވެ.
އެ ބިލް ދިރާސާކުރަން އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު ބައެއް މެމްބަރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލަނީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުމަށް ކަމަށެވެ.
"ހަމައެކަނި ނަން ބޯޑު ބަދަލު ކޮށްލާތަން މި ފެންނަނީ. އަތޮޅުކައުންސިލް ހިންގަން އެ އަތޮޅުން ހޮވާފައި ތިބޭ ބައެއްގެ ބަދަލުގައި އެޕޮއިންޓެޑް މީހަކު މި ކަނޑައެޅެނީ. ތަފާތަކަށް މި އަންނަނީ ހަމައެކަނި އެ ތަންކޮޅު އެކަނި، އަޅުގަނޑަށް ފެންނަ ފެނުމުގައި،" މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލް އުވާލުމާ ދެކޮޅަށް އިދިކޮޅު އެހެން މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
ކައުންސިލްތަކުގެ ހަރަދުތައް ހަނިކުރާ އިސްލާހުތަކެއް!
އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވަން އިސްލާހެއް
މަޝްރޫއުތައް މޮނިޓާ ކުރަން "ރަށުކޮމިޓީ"ތަކެއް
އަތޮޅުކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަނީ
"ލާމަރުކަޒީ އިސްލާހުތަކުގެ ފައިދާ އޮތީ ރައްޔިތުންނަށް"
ކައުންސިލްތަކުން ބޭކާރުދަތުރުކުރާތީ ރައީސްގެ ނުރުހުން!
"ރައީސް ގެންދަނީ ހަގީގީ މާނައިގައި ބާރުވެރިކުރަމުން"
ކައުންސިލްތަކުގެ ހަރަދުތައް ހަނިކުރާ ބިލް ފާސްކޮށްފި