ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
26 ނޮވެމްބަރ 2025
ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
ސްޓެލްކޯއިން މިރޭ ނެރުނު ބަޔާނެއްގައިވަނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަނިކޮށް، އެ ކުންފުނީގައި މަސައްކަތް ކުރާ އުމުރުން 43 އަހަރުގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ސްޓެލްކޯގެ ބަޔާނުގައިވަނީ އެ ހާދިސާ ހިނގިއިރު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސި ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން، އޭނާގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދަނީ ދެމުންނެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ހަމަ މިއާ އެކު، މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވަނީ އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައެއް ނުވަތަ ނުތަނަވަސްކަން ލިބިދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އަދި ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އޭނާއަށް ފުރަތަމަ ފަރުވާދިން ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "މިހާރު"އަށް ވިދާޅުވި ގޮތުގައި، އެއީ މެޑިކަލް ޓާމުން ބުނާ ނަމަ "ތާޑް ޑިގްރީ ބާންއެއް" އެވެ. "ތާޑް ޑިގްރީ ބާން"އެކޭ ބުނަނީ ހަށިގަނޑު ނުވަތަ މީހާގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައި ހުރުމުންނެވެ.
ކަރަންޓްގައި ޖެހުނު މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައި
ސަބްސްޓޭޝަނަށް ގެއްލުން ދިނުމުން ރޭ ވެސް ކަރަންޓު ދިޔަ
"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"
މުހިންމު މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑަނީ
މާލެ، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި
މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުން ކަރަންޓު ކެނޑިއްޖެ
މިހާރު ވަނީ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފައި: ސްޓެލްކޯ
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި