ކުރީގެ ނައިބު ރައީސުންނަށް ވެސް ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްވުމުން، އެ އިނާޔަތަށް ޝަރުތު ހަމަވާ ހަމައެކަނި ބޭފުޅަކީ އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމް އެވެ.
27 ނޮވެމްބަރ 2025
ކުރީގެ ނައިބު ރައީސުންނަށް ވެސް ދައުލަތުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްވުމުން، އެ އިނާޔަތަށް ޝަރުތު ހަމަވާ ހަމައެކަނި ބޭފުޅަކީ އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމް އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
އެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވަނީ ކުރީގެ ނައިބު ރައީސުންނަށް ކޮންމެ މަހަކު ދައުލަތުން 25،000ރ. އިނާޔަތެއް ދިނުމަށް ހިމަނައިފަ އެވެ. އަދި އެ ބޭފުޅުންނަށް ވެސް ރާއްޖެ އާއި ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ. ނަމަވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ބަލާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކޮށްފައިވާ ނަމަ ކަމަށް އިސްލާހުގައި ވެ އެވެ.
އެ އުސޫލުން ބަލާއިރު، އެ އިނާޔާތްތައް ލިބިވަޑައިގަންނަވަނީ މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލަށް އެކަންޏެވެ. އިތުރު އެހެން ބޭފުޅަކަށް ނައިބު ރައީސްކަމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިފައެއް ނުވެ އެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދާާއި މުހައްމަދު ވަހީދުއްދީން (ޑީން) އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަބްދުﷲ ޖިހާދާއި އަހުމަދު އަދީބަށް އެކި ސަބަބުތަކާ ހެދި ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެ އެވެ. އެހެންވެ، ގާނޫނަށް ގެނައި އިސްލާހު ފާސްވެއްޖެ ނަމަ ކުރީގެ ނައިބު ރައީސުންގެ އެއްވެސް އިނާޔަތެއް އެ ފަސް ބޭފުޅުންނަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.
އެ ފަސް ބޭފުޅުންގެ ތެރެއިން އަދީބުގެ މައްޗަށް ވަނީ ޖިނާއީ މައްސަލައެއް ވެސް ސާބިތުވެ ހުކުމް ކޮށްފަ އެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައިވާ ގޮތުން މަގާމުގައި ތިއްބެވި އިރު، ޖިނާއީ ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާ އާއި އަނބިމީހާ ނުވަތަ ފިރިމީހާ އަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަޔްތަކުން މަހުރޫމް ވާނެ އެވެ. ކުރީގެ ރައީސުންގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގައި ކުރީގެ ނައިބު ރައީސުންގެ އިނާޔަތުގެ ވާހަކަ ހިމަނާފައި ވާތީ އެ ބޭފުޅުންނަށް ވެސް އެ އުސޫލު ހިންގާނެ އެވެ.
އެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލަން ހިމަނައިފަ އެވެ.
ގާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުގައި ވަނީ ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަވެސް ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމް ނޫން ކަަމަށް އިސްލާހުގައި ވެ އެވެ. އެކަމަކު އެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭން ވާނެ ކަމަށް ބިލްގައި ބަޔާންކޮށްފައި ވެ އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ފާސްކޮށްފި
ޔާމީންގެ ގެކޮޅާ ގުޅުވައިގެން ފަލާހުގެ ހަމަލާތަކެއް!
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ހުށަހަޅައިފި
"ގައުމު އޮތީ ބޮޑެތި އިނާޔަތްތައް ދެވޭ ހާލަތަކު ނޫން"
ރައީސަކީ ފައިސަލްތޯ ސުވާލުއުފައްދާ ގަރާރު ބޭރުކޮށްލައިފި
ރައީސަކީ ފައިސަލް ކަމަށް ބުނާ މައްސަލަ ބަލައެއްނުގަތް
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެއްޖެ
ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ހަވާލުވުން ފަތިހު