Roadha Mihaaru

ބިދޭސީންގެ ނަމުގައި ވެހިކަލް ރަޖިސްޓްރީކުރުން މަޑުޖައްސާލައިފި

ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ބިދޭސީންނަށް ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ހުއްޓާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 ޑިސެމްބަރ 2025

ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކާއި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންވެ، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރަން ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން މާލެ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި ޕާކިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހާއްސަ ޕާކިން ބިލްޑިންތަކެއް އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.