Roadha Mihaaru

އެލިއާއިން ލަންކާއަށް 20،000 ޑޮލަރު

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމުގެ ގޮތުން އެލިއާ އިން އެ ގައުމަށް 20،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

އެލިއާއިން ލަންކާއަށް 20،000 ޑޮލަރު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

01 ޑިސެމްބަރ 2025

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމުގެ ގޮތުން އެލިއާ އިން އެ ގައުމަށް 20،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

އެލިއާގެ ފަރާތުން އެ އެހީ ސްރީ ލަންކާގެ ހައިކޮމިޝަނާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއެފްއޯ ސަމަން ޕުޝްޕަކުމާރާ އެވެ. ސްރީ ލަންކާ ހައި ކޮމިޝަންގެ ފަރާތުން އެ އެހީއާ ހަވާލުވެ ވަޑައިގަތީ ސްރީ ލަންކާގެ ހައި ކޮމިޝަނަރު މުހަންމަދު ރިޒްވީ ހަސަން އެވެ.

އެލިއާ އިން ބުނީ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު އެއީ ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެއް ކަމަށެވެ. އެހެންވެ، އެ ގައުމަށް އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަކަށް ވާތީ މި އެހީ ދޭން ނިންމީ ކަމަސް ބުންޏެވެ.

ސްރީ ލަންކާއަށް އެރި ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު 330 އަށް ވުރެ އިތުރު ވެފައި ވާއިރު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ތޫފާނުގައި ލަންކާއަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޕީއެސްއެމްއިން އިސްނަގައިގެން ހާއްސަ ޓެލެތޯނެއް ބާއްވައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފަ އެވެ.