Roadha Mihaaru

އަޅުގަނޑުމެން އިސްކުރަންވީ ކެތްތެރިކަމާއި އިހުސާންތެރިކަން: ފަސްޓް ލޭޑީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާތައް ދިނުމުގައި އިސްކުރަންވީ އިހުސާންތެރިކަމާއި ކެތްތެރިކަމާއި އެހީތެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްކުރަންވީ ކެތްތެރިކަމާއި އިހުސާންތެރިކަން: ފަސްޓްލޭޑީ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާތައް ދިނުމުގައި އިސްކުރަންވީ އިހުސާންތެރިކަމާއި ކެތްތެރިކަމާއި އެހީތެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ އެހެން ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައި ދިނުމާ އެކު، އެ މީހުންނަށް އެ ކަމުގެ ލިޔުން ހަވާލު ކުރުމަށް ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، އަޅުގަނޑުމެން އުފާވާންވީ އެ މީހުންނަށް "އުފާވެރިކަން" ލިބޭތީ ކަމަށެވެ.

"އަޅުގަނޑުމެން ހިތްހަމަޖެހެންވީ މި ބޭފުޅުންނަށް އަމިއްލަ ފުދުންތެރިކަން ފަހިވާތީ. އަޅުގަނޑުމެން ފަހުރުވެރިވާންވީ ގާތުގައި މަަސައްކަތްކުރާ އާ އެކުވެރިޔާ އަށް އެހީތެރިވެދެވޭތީ. އޭނާގެ އިންސާނީ ކަރާމާތާއި ގަދަރާއި އިއްޒަތް އުފުލިގެން ދާން ފުރުސަތު ފަހިކޮށްދެވޭތީ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިން ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ.---ފޮޓޯ: ރައީސް އޮފީސް

އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިން ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި އެޗްޑީސީން މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި ވަކި ކަހަލަ ނުކުޅެދުންތެރިކަމެއް ހުއްޓަސް އެކި ކަހަލަ ހުނަރާއި ގާބިލްކަން ހުރި ގިނަ ބަޔަކު އެބަތިއްބެވެ. އަދި އެއީ ހުނަރުވެރި ބައެއް ކަމަށާއި އެހެންވެ އެ މީހުންނަށް މައުލޫމާތާއި ހިތްވަރު ދިނުމަށް އެޗްޑީސީގެ މުވައްޒަފުންގެ ކިބައިން ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ހުރިހާ ހުނަރުތަކެއްގެ ވެރިއެއް ނޫން. އެ ހުރިހާ އިލްމުތަކެއްގެ ގާބިލް މީހެއް ވެސް ނޫން. މި ބޭފުޅުންނާ މެދު ވެސް އޮންނާނީ ހަމަ އެ ގޮތް. އަޅުގަނޑުމެން އިސްކުރަންވީ އިހުސާންތެރިކަން، ކެތްތެރިކަން، އެހީތެރިކަން،" އެ ކަމަނާ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިން ކަމުގެ ލިޔުން ފަސްޓް ލޭޑީ ސާޖިދާ މިއަދު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިން ކަމުގެ ލިޔުން ފަސްޓް ލޭޑީ ސާޖިދާ މިއަދު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ފަސްޓް ލޭޑީ ވިދާޅުވީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލަ އަށް ކުރެވޭ ގޮތް ވުމަކީ އަމިއްލަ ނަފުސުގެ އިއްޒަތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭގެ ސަބަބުން އެ މީހެއްގެ އިންސާނީ ކަރާމާތް ރައްކާތެރި ކުރެވޭ ކަމުގެ ހިތްހަމަޖެހުން ވެސް ލިބޭ ކަމަށް ވިދާޅުވި އެވެ.

އެކަން އެހެ އޮތް އިރު ހާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިނުމުން ޔަގީންވި ކަމަކީ ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އަމިއްލަ މަސައްކަތުން އަސާސީ ކަންކަން އަމިއްލަ އަށް ފުއްުދުނުކަން ކަށަވަރު ވުމެވެ.

ހާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިން ކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާހިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެހެންކަމުން މިއީ ފުން އިހުސާސްތަކާ ގުޅިފައިވާ ވަރަށް އުފާވެރި ރަސްމިއްޔާތެއް،" އެ ކަމަނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ގައުމަށް ގެންނަ މިފަދަ އިސްލާހީ ފިޔަވަޅުތަކަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. ދިވެހިންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމުގެ ޝުއޫރުތައް އަލުން ހިތްމައްޗަށް ގެނެސް ގައުމާއިގެން ކުރިއަށް ދިއުމަކީ ކުރިމަގަށް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ވަޒީފާއެއް ހަމަޖެހުމަކީ ހަމައެކަނި އާމްދަނީއާ ގުޅިފައިވާ ވަސީލަތެއް ނޫން ކަަމަށާއި އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި އެއީ މުޖުތަމައު ބަލައިގަންނަ މީހެއް ކަމުގެ އިހުސާސްވުން ދައްކައިދޭ ދޮރެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދުނުމުގެ ބޭނުމަކީ އެއްވެސް މީހަކު ތަފާތު ނުކޮށް ހަމަހަމަ ފުރުސަތު ލިބޭ މާހައުލެއް އޮތް ކަން ކަށަވަރު ކޮށްދިނުމެވެ.