އީރާންގައި 2022 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށް އެމެރިކާއިން އެހީތެރިވި ކަމަށް ބުނެ އެމެރިކާ އިން އީރާނަށް 22 ބިލިއަން ޑޮލަރު ދައްކަން އީރާންގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ޖުޑީޝަރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
އީރާންގައި 2022 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށް އެމެރިކާއިން އެހީތެރިވި ކަމަށް ބުނެ އެމެރިކާ އިން އީރާނަށް 22 ބިލިއަން ޑޮލަރު ދައްކަން އީރާންގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ޖުޑީޝަރީގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
އީރާނުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުޒާހަރާތައް ފެށުނީ އިސްލާމީ ހަމަތަކާ ހިލާފަށް ހެދުން އެޅުމުގެ ތުހުމަތަށް ހައްޔަރުކުރި 22 އަހަރުގެ ކުރުދު މަހްސާ އަމީނީ ބަންދުގައި ހުއްޓާ މަރުވި މައްސަލައިގަ އެވެ.
"އީރާންގައި ހިންގާ ވަރަށް ގިނަ ޖަރީމާތަކުގައި އެމެރިކާގެ ބައިވެރިވުން ފެނޭ. 2022 ވަނަ އަހަރު ހިންގި ފިތުނަވެރި އަމަލުތަކުގައި ވެސް ފެނޭ،" ޖުޑީޝަރީގެ ތަރުޖަމާނު އަސްގަރް ޖަހާންގިރް، ހަފްތާގެ ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.
"ދެ ހާސް ބާވީސް ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި މީހުންނަށް ތަކެތީގެ ގޮތުން އަދި ފިކުރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ވާތީ އީރާން ސަރުކާރަށް 22 ބިލިއަން ޑޮލަރު ދިނުމަށް އީރާނުގެ ކޯޓަކުން ވަނީ އެމެރިކާ ސަރުކާރުގެ މައްޗަށް ހުކުމެއް ކޮށްފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
އަމީނީގެ މަރާ ގުޅިގެން މަސް ދުވަސް ވަންދެން ކުރި މުޒާހަރާތަކުގައި ކުރިމަތިލުން ހިނގައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުން ވެސް ހިމެނެ އެވެ.
ތަރުޖަމާނު ވިދާޅުވީ ހަމަނުޖެހުން ބޮޑުކުރުމަށް އެމެރިކާއިން އޭރު މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެކަން ކުރީ ކިހިނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެފަހަރުގެ މުޒާހަރާއަށް ފަހު އީރާންގައި ވަނީ އަންހެނުން ހެދުންއެޅުމުގެ ކަންކަން ބަހައްޓަން 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު ހަރުކަށިކަމާ އެކު ތަންފީޒުކުރަމުން ގެންދާ އުސޫލާ ހިލާފުވާ މީހުން ގިނަވެފަ އެވެ.
"ހަމަނުޖެހުމާއި ޓެރަރިޒަމްގެ މައި ޝައިތޯނަކީ އެމެރިކާ"
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
އީރާން އުތުރި އަރަން ފެށީ ކީއްވެ؟
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
"ފަހު ވަގުތު" ފުލުފުލުން އިޒްރޭލަށް ހަމަލާދީފި
އިރާނަށް އިތުރު ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވަފާނެ
ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ
ގަތަރަށް ހަމަލާދޭންޖެހޭ ހަމައެއް ނެތް: ސައޫދީ