Roadha Mihaaru

ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާގައި

ވިޔަފާރި އާއި ދިފާއީ ކަންކަމާ ބެހޭ ގޮތުން އިންޑިއާ އާއި ރަޝިޔާއާއާ ދެމެދު މަޝްވަރާކުރުމުގެ ސަމިޓަކަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އިންޑިއާއަށް ވަޑައިގެންފި އެވެ.

ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާގައި

ވިޔަފާރި އާއި ދިފާއީ ކަންކަމާ ބެހޭ ގޮތުން އިންޑިއާ އާއި ރަޝިޔާއާއާ ދެމެދު މަޝްވަރާކުރުމުގެ ސަމިޓަކަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އިންޑިއާއަށް ވަޑައިގެންފި އެވެ.

އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ޕްރެޝަރު ކުރުމުގެ ގޮތުން އިންޑިއާގެ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާއިން ފަށާފައި ވަނިކޮށް ޕުޓިންއަށް އިންޑިއާ އިން ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

ޔުކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމާގައި އިންޑިއާގެ ސިޔާސަތު ގޯސް ކަމަށް ބުނެ އެމެރިކާ އާއި ޔޫރަޕުން ފާޑު ކިޔަމުން ދާއިރު މިއީ ހަނގުރާމައަށް ފަހު ޕުޓިން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ދިފާއީ ދާއިރާއަށް ބޭނުންވާ ސާމާނު ގަތުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުން ވެސް އެޖެންޑާގައި ހިމެނެ އެވެ.

މޯދީ އެންމެ ފަހުން ރަޝިޔާއަށް ވަޑައިގަތުމުން ޕުޓިން ދެއްވި "ލިފްޓް" އާ އެއްގޮތަށް، ބުރާސްފަތި ދުވަހު މޯދީ ވަނީ އެއާޕޯޓުން ޕުޓިންއަށް މަރުހަބާ ވިދާޅުވެ ސީދާ އެތަނުން "ޕްރައިވެޓް ޑިނާ" އަކަށް ގެންގޮސްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) ރަޝިޔާގެ ރައީސް ލަޑީޕިއާ ޕުޓިން އަށް އެއާޕޯޓުން މަރުހަބާ ވިދާޅުވަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) ރަޝިޔާގެ ރައީސް ލަޑީޕިއާ ޕުޓިން އަށް އެއާޕޯޓުން މަރުހަބާ ވިދާޅުވަނީ. -- ފޮޓޯ: އޭއެފްޕީ

"އިންޑިއާ އާއި ރަޝިޔާގެ އެކުވެރިކަން ވަނީ އެކި ހާލަތްތަކުގައި ޓެސްޓުކުރެވިފައި. މި އެކުވެރިކަމުން ދެ ގައުމަށް ވެސް ވަނީ ފައިދާ،" މޯދީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުމަކީ ޔުކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމާގައި ރަޝިޔާއަށް އެހީވުން ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އޯގަސްޓް މަހުން ފެށިގެން އިންޑިއާގެ މުދަލުން 50 ޕަސެންޓް ޓެރިފް ނަގަން ފަށައިފަ އެވެ.

ޕުޓިން އިންޑިއާ ޓުޑޭ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "އަޅުގަނޑުގެ އެކުވެރި މޯދީއާ ބައްދަލުވާތީ ވަރަށް އުފާ" ވެފައި ހުންނެވި އެވެ.

"އިންޑިއާއާ އެކު ރަޝިޔާގެ އޮތީ ވަރަށް ފުޅާ ގުޅުމެއް،" ކަނޑު އުޅަނދުތަކާއި އެއާކްރާފްޓާއި ނިއުކްލިއާ އެނާޖީ އަދި ޖައްވީ ދިރާސާތަކަށް އިޝާރާތް ކުރައްވަމުން ޕުޓިން ވިދާޅުވެފައިވެ އެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓުން ބުނާ ގޮތުގައި 2009-13 ވަނަ އަހަރާ ދެމެދު އިންޑިއާއިން އެތެރެކުރި ރަޝިއާގެ ހަތިޔާރުގެ ހިއްސާ 76 ޕަސެންޓުން 36 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ.

މި ދެ ގައުމުގެ ދެމެދުގައި 2024-25 ވަނަ އަހަރު ބައިލޭޓަރަލް ވިޔަފާރީގެ އަގު 68.7 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވުރެ ހަ ގުނަ އިތުރު އަދަދެކެވެ. އެކަމަކު އިންޑިއާގެ އެކްސްޕޯޓަކީ އެންމެ 4.88 ބިލިއަން ޑޮލަރެވެ. -- އޭއެފްޕީ