އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ހާލަތްތައް އިތުރުކުރަން ގާނޫނު އިސްލާހު ކުރެއްވުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ހާލަތްތައް އިތުރުކުރަން ގާނޫނު އިސްލާހު ކުރެއްވުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، މީހަކު ވަނީ ގިނަ އަހަރުތަކެއް ވަޒީފާގައި އުޅުމަށްފަހު ޕެންޝަން ފަންޑަށް ޖަމާވެފައިވާ ފައިސާ، މަހުން މަހަށް ކުދި އަދަދުތަކުން ލިބޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފަ އެވެ.
މިގޮތުން، އޭނާގެ އެދުމަކަށްވީ، އާމްދަނީ ހޯދުމަށްޓަކައި އަމިއްލަ މަސައްކަތަށް ފެށުމަށް، އެ ފައިސާ ބޭނުންކުރެވޭ މަގެއް ހޯދައިދިނުމަށެވެ.
އެކަމަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ، ހާއްސަ ހާލަތްތަކުގައި އަމިއްލަ ޕެންޝަން ފަންޑުގައި ހުރި ފައިސާ މިހާރު ވެސް ބޭނުންކުރެވޭއިރު، އެ ހާލަތްތައް އިތުރުކުރަން ޕެންޝަނާބެހޭ ގާނޫނު އިސްލާހުކުރުމުގެ ވިސްނުން ހާމަކުރައްވައިފަ އެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިގޮތުން، އަންނަ ފެބްރުއަރީ މަހު، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށޭއިރު، އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އިތުރު ހާއްސަ ހާލަތްތަކެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށަހަޅަން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ޕެންޝަނާބެހޭ ގާނޫނަށް ގެންނަވަން ވިސްނަވާފައިވާ އިސްލާހުތަކުގެ ތަފްސީލެއް އެ މަނިކުފާނު މިރޭ ހާމަކުރައްވާފައެއް ނުވެ އެވެ.
މިހާރު ވެސް އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ ނިސްބަތަށް ބަލައި، އޭގެން ބައެއް ފަރުޟު ހައްޖު އަދާކުރުމާއި، ގޯތި ގެދޮރު ގަތުމަށް އިކުއިޓީ ދެއްކުން ފަދަ ކަންކަމަށް ބޭނުންކުރެވެ އެވެ.
އާސަންދަ އާއި ސަބްސިޑީ ކަނޑައެއް ނުލާނަން: ރައީސް
ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާދީފި
އެމްއެމްއެމްއޭ، ޕެންޝަން އޮފީހުގެ މުއާމަލާތް ރައްކާތެރި
ދާއިމީ ބަލި މީހުންނަށް ފައިސާ ކުރިންދޭން އިސްލާހެއް
ކުރީގެ ރައީސުންގެ ޕެންޝަން ކުޑަކުރަން ނަޝީދު ތާއީދު
އިގުތިސާދީ ރިފޯމް އެޖެންޑާއަށް ބަދަލެއް!
ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް
ރިޓަޔަމެންޓް އުސޫލަށް ގެންނަ ބަދަލު އުވާލައިފި
"ޕެންޝަނުން އިންވެސްޓުކުރަން ޑޮލަރު ހޯދަން އުނދަގޫ"
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"