އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރި، އީރާނާއި އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ އިޒްރޭލުގެ ޖާސޫސެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވާފައިވާ ކަމަށް އީރާންގެ ޖުޑީޝަރީން ބުނެފި އެވެ.
އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރި، އީރާނާއި އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ އިޒްރޭލުގެ ޖާސޫސެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވާފައިވާ ކަމަށް އީރާންގެ ޖުޑީޝަރީން ބުނެފި އެވެ.
ޖުޑީޝަރީގެ ނޫސް، މީޒާން އޮންލައިން އިން އެ މީހާގެ ނަން ހާމަނުކޮށް ބުނީ އެއީ ޔޫރަޕްގެ ގައުމެއްގައި ދިރިއުޅުމެއް ދިޔަ، އީރާންގެ ރަށްވެހިކަން ވެސް އޮންނަ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ޖޫން މަހު ހަނގުރާމަ ކުރިއަށް ދިޔައިރު ކަމަށް ބުންޏެވެ.
އީރާނަކީ ދެ ގައުމުގެ ރަށްވެހިކަން ނުވަތަ ޑުއެލް ސިޓިޒެންޝިޕް ގަބޫލުކުރާ ގައުމެއް ނޫނެވެ. އެފަދަ މީހުންނަށް ހިންގާނީ އީރާންގެ ގާނޫނެވެ.
މީޒާންގައި ބުނެފައިވާ ގޮތުގައި އެ މީހާ ދިޔައީ ޒަޔަނިސްޓުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ޖާސޫސީ މަސައްކަތްތައް ކުރަމުންނެވެ.
އޭނާ އީރާނަށް ވަނީ އިޒްރޭލުން އީރާންގެ އަސްކަރީ ތަންތަނަށާއި ނިއުކްލިއާ ސައިންސްވެރިންނަށް ހަމަލާތައް ދޭން ފެށުމުގެ މަސް ދުވަސް ކުރިން ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. މި ހަމަލާތަކާ އެކު އީރާނުން ވެސް އިޒްރޭލަށް މިސައިލާއި ޑްރޯނުން ހަމަލާދޭން ފެށި އެވެ.
ޖުޑީޝަރީން ބުނީ ތުހުމަތުކުރެވޭ މީހާ އަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ތަމްރީންކޮށްފައިވާ އަދި ޔޫރަޕްގެ އެކި ގައުމުތަކާއި އިޒްރޭލުގައި ވެސް ޖާސޫސީ މަސައްކަތްކޮށްފައިވާ މީހެއް ކަމަށެވެ.
"އޭނާ ހައްޔަރު ކުރި އިރު އޭނާ ދިރިއުޅުނު ވިލާއިން ޖާސޫސީ އަދި އިންޓެލިޖެންސް ފެންވަރު ރަނގަޅު އާލާތްތައް ފެނިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ޖާސޫސީ މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް ޔޫރަޕްގެ ތިން މީހަކު ހައްޔަރު ކުރިކަން ވެސް އިއުލާންކޮށްފަ އެވެ.
އެމެރިކާ އާއި އިޒްރޭލަށް ޖާސޫސްކުރާ މީހުންނަށް ހަރުކަށި އަދަދު ދިނުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އީރާނުން ގާނޫނެއް ވެސް ފާސްކޮށްފައިވެ އެވެ. އަދި އެތައް ބަޔަކު ވަނީ ޖާސޫސްކުރުމުގެ ކުށުގައި ދަންޖައްސައި މަރައިފަ އެވެ.
ޖޫން މަހުގެ 24 ދުވަހުގެ ހަމަލާތައް ހުއްޓާލަން އިޒްރޭލާއި އީރާނުން އެއްބަސްވި އިރު އީރާނާއި އިޒްރޭލުން ވެސް އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައްވި އެވެ. އަދި އެ ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އެންމެ ބާރުގަދަ ބޮން އަޅައި ގެއްލުން ދީފަ އެވެ. -- އޭއެފްޕީ
އިޒްރޭލުގެ ބޮޑު ޖާސޫސެއް ދަންޖައްސައިފިން: އީރާން
ހަނގުރާމައަށްފަހު އީރާންގައި ޖީޕީއެސް އޮޅުންބޮޅުންވެފައި
ވައިގެ ދިފާއީ ނިޒާމު ބަދަލުކޮށްފިން: އީރާން
އިޒްރޭލުގެ ހަމަލާއެއްގައި އީރާންގެ ރައީސް ޒަހަމްވި
އިޒްރޭލުން އީރާންގެ ރައީސް އަވަހާރަކޮށްލަން އުޅުނު
އިޒްރޭލުގެ ހަމަލާތަކުން 935 މީހަކު މަރުވި: އީރާން
"އީރާނުން ޔުރޭނިއަމް ފައްކާކުރުން ލަސް ނުވެ ފެށޭނެ"
ޚާމަނާއީއަށް ހަމަލާދޭން ހޯދިން، ނުފެނުނީ: އިޒްރޭލް
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް
އީރާންގެ މަރުކަޒީ ބޭންކް އިޒްރޭލު ޓެރަރިޒަމްގެ ލިސްޓަށް