Roadha Mihaaru

ސްކޫލް ބަންދުގައި އުމްރާ އަށް ދާން މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް

ކުރިއަށް އޮތް ސްކޫލް ބަންދުގެ ތެރޭގައި އުމްރާގެ އަޅުކަން އަދާކުރަން ދާން ބޭނުންވާ މީހުންނަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފި އެވެ.

އުމްރާއަށް ދާން މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް

ކުރިއަށް އޮތް ސްކޫލް ބަންދުގެ ތެރޭގައި އުމްރާގެ އަޅުކަން އަދާކުރަން ދާން ބޭނުންވާ މީހުންނަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފި އެވެ.

ސްކޫލް ބަންދުގައި އުމްރާ އަޅުކަން އަދާކުރަންދާ އާއިލާތަކަށް ހާއްސަކޮށްގެން، ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތަކެއް މޯލްޑިވިއަނުން ވަނީ ތާވަލުކޮށްފަ އެވެ.

މާލެއިން ޖިއްދާ އަށް ތިން ފްލައިޓެއް ބާއްވަން ނިންމާފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހަށެވެ.

ޖިއްދާ އިން އެނބުރި މާލެ އަށް އަންނަން ޖެނުއަރީ 10، 11 އަދި 12 އަށް، ކޮންމެ ދުވަހަކު ފްލައިޓެއް ތާވަލު ކޮށްފައި ވަނީ، އުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޖިއްދާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓު އަގު 750 ޑޮލަރަށް ލިބޭއިރު، ކޮންމެ ފަސިންޖަރަކަށް 45 ކިލޯގެ ބެގޭޖް އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ.

މި ފްލައިޓުތަކުން ޖާގަ ކަށަވަރު ކުރުމަށްޓަކައި، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބުކިން ހެއްދުމަށް މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ސްކޫލްތަކުގެ ކިޔެވުން މި އަހަރަށް ނިންމައި ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ގަ އެވެ. އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ގަ އެވެ.