ފޯ ސީޒަން ރިސޯޓްގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކުދިންނަށް ހަނދާނީ ލިޔުން ހަވާލު ކުރުން މިއަދު އާޓް ގެލަރީގައި ބާއްވައިފި އެވެ.
09 އެޕްރީލް 2017
ފޯ ސީޒަން ރިސޯޓްގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކުދިންނަށް ހަނދާނީ ލިޔުން ހަވާލު ކުރުން މިއަދު އާޓް ގެލަރީގައި ބާއްވައިފި އެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ 47 ޒުވާނެކެވެ. އޭގެ ތެރެއިން 27 ޒުވާނުންނަކީ ފޯ ސީޒަން ލަނޑާގިރާވަރުގެ ޒުވާނުންނެވެ. އަދި އަނެއް 20 ޒުވާނުންނަކީ ފޯ ސީޒަން ކުޑަ ހުރާ އަށް ނިސްބަތްވާ ޒުވާނުންނެވެ. މީގެ ޕްރޮގްރާމްގައި ތަފާތު އެކި ކަންކަމުން ބައިވެރިންވަނީ ތަމްރީނު ހޯދައިފަ އެވެ.
މިހަފްލާގައި ވަނީ އަންނަ އަހަރުގެ އެޕްރެންޓިސް ޕްރޮގްރާމަށް ހޮވި ކުދިންގެ ނަންތައް ވެސް އިއުލާން ކޮށްފަ އެވެ. އެގޮތުން އަންނަ އަހަރުގެ ޕްރޮގްރާމަށް 63 ކުއްޖަކުވަނީ ހޮވައިފަ އެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ދިނުމަށް ފޯ ސީޒަނުން ބާއްވާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން ވެސް ވަނީ ހޮސްޕިޓަލިޓީ އަދި ވޯޓާ ސްޕޯޓްސް އަދި ހައުސް ކީޕިން އިން ތަމްރީނު ހޯދައިފަ އެވެ.
ފޯސީޒަންގެ އެޕްރެންޓިސް ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކުރަނީ. --ފޮޓޯ ނިޝާން އަލީ/މިހާރު
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވަނީ އެޕްރެންޓިސްޝިޕް ފުރިހަމަ ކުރި ކުދިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ފާއިތުވި 16 އަހަރުގެ ތެރޭގައި 500 އަށް ވުރެ ދިވެހިން މި ދާއިރާ އިން ތަމްރީން ކޮށްފައިވާ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ދިނުމަށް ބާއްވާ ޕްރޮގްރާމްތަކެކެވެ. އަދި 2017 ވަނަ އަހަރުގެ ޕްރޮގްރާމްގެ މީހުން ވެސް ވަނީ ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކަށް ތަމްރީން ހޯދައިފަ އެވެ.
ފޯ ސީޒަނުން ވަނީ މފަދަ ޕްރޮގްރާމްތައް އެކި ފަހަރު މަތިން ކުރި އަށް ގެންގޮސްފަ އެެވެ. އެ ރިސޯޓުން ބުނި ގޮތުގައި މި ޕްްރޮގަރާމަކީ އުމުރުން 17 އަހަރާއި 20 އަހަރުގެ ދެ ޖިންސުގެ ކުދިންނަށް ބައިވެރިވެވޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމުގައި އޯލެވެލްގެ ފެންވަރު ހުންނަ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި ފަރިތަކަމާ އެކު އިނގިރޭސިން ވާހަކަ ދެއްކޭ ކުދިންނަށް މިކަމުގައި އިސްކަން ދެވޭނެ ކަމަށް އެރިސޯޓުން ބުނެއެވެ.
ފޯ ސީޒަންސް އިން 44 ދިވެހިން ތަމްރީނު ކުރަނީ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ