ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ޑިޒްނީގެ ލައިވް އެކްޝަން ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ފަހު، އަނެއްކާ ވެސް ކުރީގެ އެނިމޭޓެޑް ފިލްމެއް ރިބޫޓް ކުރަން ޑިޒްނީން ނިންމައިފި އެވެ.
21 އެޕްރީލް 2017
ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ޑިޒްނީގެ ލައިވް އެކްޝަން ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ފަހު، އަނެއްކާ ވެސް ކުރީގެ އެނިމޭޓެޑް ފިލްމެއް ރިބޫޓް ކުރަން ޑިޒްނީން ނިންމައިފި އެވެ.
މި ފަހަރު އެ ސްޓޫޑީއޯ އިން ހަދަން ނިންމާފައި ވަނީ 1992 ގައި ރިލީޒް ކުރި އެނިމޭޓެޑް ފިލްމް "އަލާއްދިން" ގެ ލައިވް އެކްޝަން ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޝާލޮކް ހޯމްސް" ފަދަ ފިލްމްތައް ޑައިރެޓްކޮށްފައިވާ ގައި ރިޗީ ޑައިރެކްޓް ކުރާ މި ފިލްމުގެ ޖިންނީގެ ރޯލުން ފެނިގެން ދާނީ މަޝްހޫރު އެކްޓަރު ވިލް ސުމިތެވެ.
ޑިޒްނީން މިހާރު އަންނަނީ އެކަމާ ބެހޭ ގޮތުން ވިލް ސްމިތާ ވާހަކަ ދައްކަމުންނެވެ.
"އަލާއްދިން" ގެ ޕްރޮޑިއުސަރު ޑޭން ލިން ދީފައިވާ އިންޓަވިއުއެއްގައި ބުނީ ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި މި ފިލްމު ސްކްރީނަށް ގެންނަ އިރު، ވަރަށް ފުރިހަމަ އަދި ތަފާތު ގޮތަށް ފިލްމް ހަދަން ނިންމާފައިވާ ކަމަށެވެ.
"ކަންދިމާ ކުރި ގޮތުން މި ފިލްމުގެ ވާހަކަ އަހަރެން ގައި ރިޗީއާ ހިއްސާ ކުރި އިރު، އަހަންނާއި ޑިޒްނީން ފިލްމް ގެނެސް ދޭން ތަސައްވަރުކޮށްފައިވާ ގޮތާއި ރިޗީގެ ހިޔާލާ ވެސް ވަރަށް އެއްގޮތް،" އޭނާ ބުންޏެވެ.
ޑެން ބުނީ މި ފިލްމު މި ފަހަރު ގެެނެސް ދޭން ބޭނުން ވަނީ ވަރަށް އަސްލާ އެއްގޮތަށް ކަމަށެވެ.
ގައި ރިޗީ: "އަލައްދިން" ޑައިރެކްޓް ކުރާނީ އޭނަ.
ޑިޒްނީން 1992 ގައި "އަލާއްދިން" ގެނެސްދިން އިރު އެއީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 504 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
"އަލާއްދިން" އަށް އެ ފަހަރު ދެ އޮސްކާ ލިބުނެވެ. އެއީ ބެސްޓް ސްކޯ އާއި އެ ފިލްމުގެ ލަވަ "އަ ހޯލް ނިއު ވޯލްޑް" އަށް ލިބުނު ބެސްޓް ސޯންގް އެވޯޑެވެ.
ގައި ރިޗީއާ ހަވާލުކޮށްގެން "އަލާއްދިން"ގެ ލައިވް އެކްޝަން ފިލްމް ހަދަން ނިންމާފައިވާ އިރު، މި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ބެލުންތެެރިންނާ ހަމައަށް ދެން އެންމެ އަވަހަށް އަންނާނީ އަންނަ މަހުގެ 12 ގައި ރިލީޒް ކުރާ "ކިންގް އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް" އެވެ.
"އަލައްދިން" ގެ ދެވަނަ ބައެއް ހަދަނީ
"އަލައްދިން" ގެ އާމްދަނީ ވެސް ބިލިއަނަކަށް
"އަލާއްދިން" އަށް ތާރާ އޮޑިޝަން ހެދި
ވިލް ސްމިތު ޖިންނީގެ ގޮތުގައި ދައްކާލައިފި
"އަލާއްޑިން" ގައި ވިލް ސްމިތު ފެންނާނީ ކިހިނެއް؟
ޑެޕްގެ ބަދަލުގައި ޖެކް ސްޕެރޯގެ ރޯލަށް ހެންރީ؟
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި