Roadha Mihaaru
އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަން އަލްގައިދާގެ ލީޑަރު ގޮވާލައިފި

ރައީސް އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަން އަލްގައިދާގެ ލީޑަރު ގޮވާލައިފި

24 އެޕްރީލް 2017

ދިމިޝްގު (އެޕްރީލް 24) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާ އަށް ވާގިވެރިވާ އީރާން އަދި ހުޅަނގުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އަލްގައިދާ ޖަމާއަތުގެ ލީޑަރު އައްޔުމަން އަލް ޒަވާހިރީ ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 24) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާ އަށް ވާގިވެރިވާ އީރާން އަދި ހުޅަނގުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އަލްގައިދާ ޖަމާއަތުގެ ލީޑަރު އައްޔުމަން އަލް ޒަވާހިރީ ގޮވާލައިފި އެވެ.

އޮންލައިންކޮށް އާއްމުކުރި އޯޑިއޯ މެސެޖެއްގައި ޒަވާހިރީ ވަނީ އެ ޖަމާއަތަށް ވަފާތެރި ހަނގުރާމަވެރިން ކެތްތެރިކަމާ އެކު ތިބުމަށް އެދިފަ އެވެ. އަދި އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ ހުޅަނގުގެ ލަޝްކަރާއި އީރާނުގެ މަދަދު ލިބޭ ޝިއައީންނާއި ސީރިއާގެ ރައީސް އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރުވެ ތިބުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.

"ޝިއައީންނާއި އަލަވީންނާ ދެކޮޅަށް ދިގު ދެމިގެންވާ ހަނގުރާމައެއް ކުރަން ޝާމް (ސީރިއާ) ގައި ތިބި އަހަރެމެންގެ މީހުން ތައްޔާރަށް ތިބުމަށް ގޮވާލަން،" އުސާމާ ބިން ލާދިން އަށް ފަހު އަލްގައިދާ ޖަމާއަތާ ހަވާލުވެފައިވާ ޒަވާރީގެ މެސެޖުގައި ބުނެފައިވެ އެވެ.

ޒަވާހިރީ ބުނީ ސީރިއާގައި އުޅޭ ދުޝްމަނުންނަށް ހަމަލާ ދެނީ އެ ގައުމުގައި އިސްލާމީ ވެރިކަމެއް ހިންގަން ކަމަށެވެ. އަދި ހުޅަނގުގެ ބައިވެރިން މަސައްކަތް ކުރަމުން ދަނީ މެދުއިރުމަތި އިސްލާމްދީނާ ދުރަށް ގެންދަން ކަމަށް ވެސް ބުނެފައިވެ އެވެ.

ސީރިއާގައި ހަރާކާތްތެރިވި އަލްގައިދާގެ ގޮފި ނުސްރާ ފްރަންޓް މިހާރު ވަނީ އެ ޖަމާއަތާ ވަކިވެ ފަތުހުއް ޝާމްގެ ނަމުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. މިއީ ސީރިއާ ސަރުކާރާ ދެކޮޅު ޖަމާއަތެކެވެ.