24 މެއި 2017
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާ މީހުންގެ ސިއްހީ ކަންކަން ބަލަހައްޓަން އައިޖީއެމްއެޗާ މިއަދު ހަވާލުކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާ މީހުންގެ ސިއްހީ ކަންކަން ބަލަހައްޓަން އައިޖީއެމްއެޗާ މިއަދު ހަވާލުކޮށްފި އެވެ.
އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ. އައިޖީއެމްއެޗުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް އެޑިކަލް ސާވިސް ޑރ. އަލީ ނަޒީމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ހައްޖާއި އުމްރާ އަށް ހައްޖު ކޯޕަރޭޝަންގެ މީހުން ދިއުމުގެ ކުރިން ވެސް އަދި އެ އަޅުކަމުގެ ތެރޭގައި ވެސް ސްޕެޝަލިސްޓް ޑޮކްޓަރަކާއެކު ހާއްސަ ޓީމަކުން އެ މީހުންގެ ސިއްހީ ކަންކަން ބަލަހައްޓާނެ ކަމަށެވެ. އެގޮތުން މެޑިކަލް ޗެކަޕްތައް ހެދުމާއި ދުރާލާ ކުރަންޖެހޭ ކަންކަން ވެސް އައިޖީއެމްއެޗުން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
"މިއީ ހުރިހާ ހައްޖާޖީންނަށް ވެސް ލިބިގެންދިޔަ ބޮޑު އުފަލެއް. އުއްމީދުކުރަނީ އަޅުގަނޑުމެންނާއެކު ކުރިއަށް އޮތް ތަނުގައި ހައްޖާއި އުމްރާގެ ދަތުރުތަކުގައި ދާ ބޭފުޅުންނަށް މި ހިދުމަތްތައް ލިބޭނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށާއި އުމްރާއަށްދާ މީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުން އައިޖީއެމްއެޗާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޔާމީން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--މިހާރު ފޮޓޯ: ހުސެއިން ވަހީދު
ޑރ. ނަޒީމް ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަނާއެކު ވި އެއްބަސްވުމުގެ ސަބަބުން، މެޑިކަލް ޗެކަޕާއި ބަލި ހާލު ހުރި ގޮތުގެ ތަފުސީލީ މައުލޫމާތު ދުރާލާ ދެވޭނެ ނިޒާމެއް ހަމަޖެހޭނެ އެވެ.
"އަޅުގަނޑުމެންނަށް ވެސް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑުމެންނަށް ގިނަ ފަހަރު މި ފެންނަނީ ބަލި ހާލަތުގައި ހައްޖާޖީން ތިބޭ ތަން. އެހެންވެ ކުރީއްސުރެ އެކަން އެނގި ކޮން ބަޔަކަށްތޯ ފުރަތަމަ އެޓެންޝަން ދޭންޖެހޭނީ ނޫނީ ކޮން ބެލުންތަކެއްތޯ ވިސްނަން ޖެހޭނީ އެނގިގެންދާނެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ވަރަށް ފަސޭހަވެގެން ދާނެ،" ނަޒީމް ވިދާޅުވި އެވެ.
ހައްޖަށާއި އުމްރާ އަށް ދާއިރު ސިއްހީ އެހީތެރިންގެ ގޮތުގައި މިހާތަނަށް ގެންދަނީ، އެކަމަށް އާއްމުކޮށް އިއުލާނުކޮށްގެން ކުރިމަތިލާ މީހުންނަށެވެ.
ހައްޖަށް ދާ މީހުންނަށް ލޮކޭޓިން ޑިވައިސެއް ދެނީ
ދިވެހި ހައްޖުވެރިޔަކު ކޯމާއެއްގައި، ހާލު ސީރިއަސް
ހައްޖު ކޯޕަރޭޝަނުން އެޖެންޓުން ހޯދަނީ
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އާ ބޭފުޅެއް
ހައްޖު ފައިސާ އޮންލައިންކޮށް ދެއްކޭ ގޮތް ހަދައިފި
ބޭންކު މެދުވެރިކޮށް ހައްޖަށް ފައިސާ ދެއްކޭގޮތް ހަދައިފި
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ