ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މިިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާގެ ހާލު ވަރަށް ބޮޑު ތަން ރަނގަޅުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
12 ޖޫން 2017

މި އެކްސިޑެންޓުގައި ސ. މީދޫ ހަނދުވަރުމަތީގޭ، އަލީ ވަސީމް 30، ގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ ގައި ވަނީ ކޮށްފަ އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވި ގޮތުގައި ވަސީމަށް ފަރުވާ ދޭން ފެށިއިރާ އަޅާބަލާއިރު އޭނާގެ ހާލު މިހާރު ރަނގަޅެވެ. ވެންޓިލޭޓަރު ވެސް މިހާރު ނައްޓާލާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވޯޑަށް ބަދަލުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރަށް ބޮޑުތަން މިހާރު ވެސް ރަނގަޅުވެއްޖެ،" ވަސީމްގެ ހާލަތާ ގުޅޭ ގޮތުން އަފްއާލް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި 14 މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ކަންނެލި ދޯނީގެ ކައްޕި އާއި ދެ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.
އަނިޔާވި މުވައްޒަފުންނަށް މި އަންނަނީ އެހީވަމުން: ރިސޯޓް
ސީރިއަސް އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން
އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާ ބޭރަށް ފޮނުވަނީ
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ލޯންޗަކާއި ޑިންގީއެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
އެކްސިޑެންޓްވި ހަފީޒު އިންޑިއާއަށް ފުރުވާލައިފި
ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހި އައިސީޔޫގައި
އެކްސިޑެންޓެއްގައި ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް