Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފި

18 ޖޫން 2017

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކުރީ، އެއިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ބުދަދުވަހު ގެނައި އިސްލާހާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން އެތެރެކުރާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރުމާ ގުޅިގެން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ތެލުގެ އަގު ހެޔޮކުރީ އާއްމުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ އަގު ހެޔޮކުރުމަށް ކަމަށެވެ. އެގޮތުން ތެލުގެ އަގު ހެޔޮކުރީ ޑިއުޓީ ކުޑަވުމުގެ އިތުރުން މިދިޔަ މެއި މަހުން ފެށިގެން ފެނަކަ އާއި ސްޓެލްކޯގެ ހުރިހާ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރަން ފެށުމާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން އެ ކުންފުނީގެ އެމްޑީ ޝަހީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން އެ ކުންފުނީގެ އެމްޑީ ޝަހީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އެސްޓީއޯ އިން ބުނިގޮތުގައި ތެލުގެ ޑިއުޓީ އަށް ގެނައި ބަދަލާއެކު، ސްޓެލްކޯ އާއި ފެނަކަ އަށް ވިއްކާ ޑީސަލްގެ އަގު ވެސް ވާނީ ހެޔޮކޮށްފަ އެވެ.

ތެލުގެ އަގުތަކަށް ގެނައި ބަދަލު:

- ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 8.95ރ. އިން 8.65ރ. އަށް ހެޔޮކޮށްފައި.

- ޑީސަލް ލިޓަރެއްގެ އަގު ވަނީ 8.95ރ. އިން 8.44ރ. އަށް ކުޑަކޮށްފައި.

ޝަހީރު ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރިއިރު ފެނަކައަށާއި ސްޓެލްކޯ އަދި މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވަރަށް ހާއްސަ އަގެއްގައި ތެޔޮ ވިއްކަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފެނަކަ، ސްޓެލްކޯ އަދި މަސްވެރިންނަށް ކުރިން ވެސް ތެޔޮ ވިއްކަނީ ޕްރިފަރެންޝަލް [ހާއްސަ] ރޭޓެއްގައި. އާއްމުކޮށް އެ ރޭޓްތަކަކީ އަޅުގަނޑުމެން ޕަބްލިޝްކުރާ ރޭޓްތަކެއް ނޫން. އާއްމުކޮށް ޕަބްލިޝްކުރަނީ ޕަމްޕް ރޭޓް. ނަމަވެސް ޑިއުޓީ ހެޔޮވުމާ ގުޅިގެން އެ ފަރާތްތަކަށް ވަރަށް ބޮޑު ހެޔޮވުމެއް މި ލިބުނީ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. އޭރު ވަނީ ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކޮށްފަ އެވެ.