Roadha Mihaaru
ސަން އައިލެންޑް، އީދު ޗުއްޓީއަށް ޚާއްސަ

ސަން އައިލެންޑް، އީދު ޗުއްޓީއަށް ޚާއްސަ

19 ޖޫން 2017

މި ފަހަރުގެ އީދު ޗުއްޓީ ހޭދަކޮށްލަން އެއްވެސް ތަނަކަށް ދާން ޕްލޭނެއް ކޮށްފައި އެބަ އޮތް ހެއްޔެވެ؟ ނެތް ނަމަ މިއީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުން ވަނީ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ކުޑަ އަގެއްގައި އީދު ޗުއްޓީ ހޭދަކޮށްލެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.

އެކި ބަންދާ ދިމާކޮށް ސަން އައިލެންޑް ރިސޯޓުން ދިވެހިންނަށާއި ބޭރު މީހުންނަށް ހާއްސަ ޕެކޭޖްތައް ތައާރަފްކުރެ އެވެ. އެ ޕެކޭޖްތަކުގައި ހުރުމާއި ކެއުމާއި މާލެއިން އެ ރިސޯޓަށް ދިއުމުގެ ހަރަދު ވެސް ހިމަނަ އެވެ. އެކަމަކު މިފަހަރުގެ އަގުތައް ކުރިއަށް ވުރެ ވެސް ވަނީ ހެޔޮކޮށްފަ އެވެ.

ސަން އައިލެންޑުން މިފަހަރުގެ އީދު ބަންދާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ މި މަހުގެ 25 އިން ޖުލައި 2 ގެ ނިޔަލަށެވެ. އެ ޕެކޭޖްގައި ހިމެނެނީ އެ ރިސޯޓުގެ ސަން ވިލާ ނުވަތަ ބީޗް ވިލާގައި ހުރުމާއި ތިން އިރުގެ ކެއުމާއި ހަވީރު ސަ އެވެ. ސަން ވިލާގައި ހުރުމަށް ނަގަނީ ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް ރެއަކަށް 1،600ރ. އެވެ. އަދި ބީޗް ވިލާއިން ނަގަނީ ދެ މީހަކަށާއި ކުޑަ ކުއްޖަކަށް ރެއަކަށް 2،000ރ. އެވެ. އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.

ސަން އައިލެންޑް ރިސޯޓުގެ މޫދުގައި ޓޫރިސްޓަކު ފްލައި ބޯޑު ދުއްވަނީ: މިއީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ވަރަށް ހިތްގައިމު ރިސޯޓެއް. --ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑް ރިސޯޓުގެ މޫދުގައި ޓޫރިސްޓަކު ފްލައި ބޯޑު ދުއްވަނީ: މިއީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ވަރަށް ހިތްގައިމު ރިސޯޓެއް. --ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ ޕެކޭޖްގެ އިތުރުން އީދާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ރިސޯޓްގައި ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބައިސްކަލް ދުއްވުމާއި ކުޑަކުދިންގެ ޕޫލާއި ގޭމް ސެންޓަރު ބޭނުންކުރުމާއި ބޮޓޭނިކަލް ގާޑަންއަށް ދިއުމާއި އެ ނޫން ވެސް މަޖާ ހަރަކާތްތައް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ފަހަކަށް އައިސް ކޮންމެ ބަންދަކާ ދިމާކޮށް ވެސް އަޅުގަނޑުމެން މިދަނީ ހާއްސަ ޕެކޭޖްތައް ވިއްކަމުން. އެ ޕެކޭޖްތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. އެހެންވެ މިފަހަރު ވެސް ނިންމީ އީދާ ދިމާކޮށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރަން،" އޭނާ ވިދާޅުވި އެވެ.

އެ ރިސޯޓުން އީދާ ދިމާކޮށް ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި އާއިލާ ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް އީދު ޗުއްޓީ ހަދައިދޭން އެ ރިސޯޓުން އަންނަނީ މަސައްކަތްކުރަމުންނެވެ.

"އަޅުގަނޑުމެން ނިންމާފައިވާނެ ދިވެހިންނާ ގުޅޭ ހާއްސަ ހަރަކާތްތައް ހިންގަން. އެގޮތުން ބާބެކިއު ނައިޓެއް ވެސް ބާއްވާނެ. އަދި ކުޑަކުދިންގެ ކުޅިވަރު ހަވީރެއް ވެސް އޮންނާނެ. އެ ހަރަކާތުގައި ބައިވެރިވާ ކުދިންނަށް އިނާމް ވެސް ދެވޭނެ. ބޭނުމަކީ ވީހާވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުން،" މައުސޫމް ވިދާޅުވި އެވެ.

ކުޑަ ކުއްޖަކު ސަން އައިލެންޑް ރިސޯޓުގެ ޕޫލެއްގައި--. ފޮޓޯ: ނިޝާން އަލީ /މިހާރު

ކުޑަ ކުއްޖަކު ސަން އައިލެންޑް ރިސޯޓުގެ ޕޫލެއްގައި--. ފޮޓޯ: ނިޝާން އަލީ /މިހާރު

ޓޫރިޒަމް އިންޑަސްޓްރީގައި ފެމިލީ ރިސޯޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަން އައިލެންޑް ރިސޯޓަކީ ހަގީގަތުގައި ވެސް އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު ރިސޯޓެވެ. ބިޔަ މި ރިސޯޓްގެ ވަށައިގެން ހިތްގައިމު މޫދެއް އޮވެ އެވެ. އޭގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ހިންގަ އެވެ.

މައުސޫމް ވިދާޅުވީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލަން ކިތަންމެ ގިނަ ބަޔަކު ބޭނުންވި ނަމަވެސް ދަތުރަށް ޖާގަ ހޯދަން ބައެއް ފަހަރު ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެކަމަކު ވީހާވެސް ފަސޭހަކޮށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓުގައި އަލިފާނުގެ ކުޅިވަރު ދައްކާލަނީ: އީދާ ދިމާކޮށް ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގަން އެ ރިސޯޓުން ވަނީ ރާވާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

ސަން އައިލެންޑް ރިސޯޓުގައި އަލިފާނުގެ ކުޅިވަރު ދައްކާލަނީ: އީދާ ދިމާކޮށް ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގަން އެ ރިސޯޓުން ވަނީ ރާވާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ދިވެހިންނާއި ބޭރު މީހުންނާ ތަފާތުކުރުން ގެންގުޅުނު ނަމަވެސް ސަން އައިލެންޑް ރިސޯޓުގައި އެ ތަފާތު ނައްތާލަން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.

"ބައެއް ދިވެހިން އެބަހުރި ފާހަގަކޮށްފައި މި ރަށަށް އައިސް އެކަހަލަ އެއްވެސް ތަފާތުކުރުމެއް ނެތީމަ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް އެކަހަލަ ތަފާތުކުރުމެއް ނުގެންގުޅުމަކީ،" މައުސޫމް ވިދާޅުވި އެވެ.

ސަން އައިލެންޑްގެ މުވައްޒަފުން ތިބީ އީދު ޗުއްޓީގެ މެހެމާނުންނަށް މަރުހަބާ ކިޔަން ދެ އަތް ހުޅުވާލައިގެންނެވެ.