ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގައި ބޭނުންކުރާ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމް މަރާމާތުކޮށް، މިއަދު އަލުން ބޭނުންކުރަން ފަށައިފި އެވެ.
20 ޖޫން 2017
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގައި ބޭނުންކުރާ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމް މަރާމާތުކޮށް، މިއަދު އަލުން ބޭނުންކުރަން ފަށައިފި އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމް 2008 ގައި ވެސް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް ސެންޓަރުގައި ބޭނުންކުރި އެވެ. ނަމަވެސް އެ ބޭނުންކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ރާޑަރަށް ތަފާތު މައްސަލަތައް ކުރިމަތިވެ އޭގެ މަސައްކަތްތައް ހުއްޓުނީ އެވެ.
އޭގެ ނުވަ އަހަރު ފަހުން ޑޮޕްލާ ވެދާ ސިސްޓަމް ރާއްޖޭގައި އަލުން ބޭނުން ކުރަން މި ފެށީ 6.1 މިލިއަން ރުފިޔާގެ މަރާމާތުގެ މަސައްކަތަކަށް ފަހު ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. މި ރާޑަރު ސިސްޓަމް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މަރާމާތު ކުރަން ފަށައި، ރާޑަރުގެ މުހިންމު ގިނަ ބައިތައް މިހާރު ވާނީ އާ ކޮށްފައި ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އަދި ކުއްލި ހާލަތުގައި ބޭނުންކުރާނެ އާ ޖަނެރޭޓަރެއް ބެހެއްޓުމާއި ރާޑަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމެއް ވެސް ހޯދާފައިވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
އެންވަަޔަރްމަންޓް މިނިސްޓަރު ތޯރިގް، ހުޅުލޭގައި ގާއިމްކޮށްފައިވާ ޑޮޕްލާ ވެދާ ރާދަ ސިސްޓަމް މިއަދު ބައްލަވާލައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ސިސްޓަމް މެދުވެރިކޮށް ހުޅުލެއިން ފެށިގެން 250 ކިލޯ މީޓަރުގެ ސަރަހައްދުގެ މޫސުން ބެލޭނެ އެވެ. އަދި ކުރިއަށް ވުރެ ޔަގީން ކަމާއި އިތުބާރާ އެކު، މޫސުން ލަފާކުރެވޭނެ ކަމަށާއި ބޯކޮށް ވާރޭވެހޭ ސަރަހައްދުތައް ވެސް ފާހަގަވާނެ ކަމަށް މެޓުން ބުންޏެވެ.
"މީގެއިން ދެނެގަނެވޭނެ މައުލޫމާތުތަކުގެ ތެރޭގައި ވާރޭ ވެހެމުންދާ ސަރަހައްދާއި ވާރޭ ވެހެމުންދާ ބޯމިން، ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން، މި މައުލޫމާތުތަކަށް ބަލައި، ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު (ނައުކާސްޓިން) ދެނެގެނަވޭނެ. އަދި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގެނެވޭނެ،" މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
މޫސުމީ ގެއްލުންތައް ކުޑަކުރަން ޑޮޕްލާ ވެދާ ސިސްޓަމްގެ ބޭނުންތެރިކަން ވެސް ވަރަށް ބޮޑުވާނެކަން މެޓުން ފާހަގަކުރި އެވެ.
"މި އަހަރު ވެސް ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި އެކި ރަށްރަށަށް ގެއްލުން ލިބުނު. ބޯކޮށް ވާރޭވެހޭނެ ސަރަހައްދުތައް މި ޑާޓާގެ އެހީގައި އެނގިގެންދާނެ. އެހެންވީމަ ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ،" މެެޓުން ބުންޏެވެ.
ޑޮޕްލާ ވެދާ ރާޑަރު ސިސްޓަމުން އޭވިއޭޝަންގެ ދާއިރާ އަށް ވެސް ފަސޭހަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. އެގޮތުން މޫސުން ގޯސްވެގެން މަތިންދާބޯޓުތައް އެހެން އެއާޕޯޓަކަށް ޖައްސާ ނަމަ އެކަން ވަގުތުން އެނގޭނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ހުޅުލޭގައި ގާއިމްކޮށްފައިވާ ޑޮޕްލާ ވެދާ ރާދަ ސިސްޓަމް ސައިޓް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި ސިސްޓަމުން އިނގޭނެ ވިލާގަނޑު އަރަމުންދާނީ ކިހާއިރަކު ކަމާއި ވިލާގަނޑު ހުޅުލޭ މަތިން ކްލިއާ ވެގެން ދާނީ ކިހާ އިރަކުން. މި މައުލޫމާތުތަކުން ފްލައިޓެއް ހޯލްޑުކުރާނެ ގަޑި ލަފާކޮށްފައި ބުނަން އިނގޭނެ،" މެޓުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ އައްޑޫ ސަރަހައްދުގައި ވެސް ޑޮޕްލާ ސިސްޓަމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއީ އަގުބޮޑު ސިސްޓަމަށް ވުމުން ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަށް އޮރެންޖު އެލާޓް
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް!
ރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ
އާ އަހަރު ބަންދުގައި މޫސުން ގޯސް
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
ފުވައްމަލުކާއި އައްޑުއާ ދެމެދުގެ ކަނޑު ވަރަށް ގަދަ
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް