އީދު ދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެ މީހުންނަށް އެ މީހަކަށް ވެވުނު ވަރަކުން އެހީތެރިވާންވީ ދުވަސް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އީދު ދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެ މީހުންނަށް އެ މީހަކަށް ވެވުނު ވަރަކުން އެހީތެރިވާންވީ ދުވަސް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ، އީދު ދުވަހަކީ ޝުކުރު ކުރުމާއި އުފާ ފާޅުކުރުމުގެ ދުވަސް ކަމަށެވެ. އަދި ހިތްހެޔޮކުރުމުގެ ދުވަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަކު އަނެކަކާ ބައްދަލުކޮށް، ސަލާމް ކުރުމުގެ ދުވަހެވެ. ހަމަ އެފަދައިން ޢީދު ދުވަހަކީ، ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތީން ހަނދާންކޮށް، އެމީހުންނަށް އެމީހަކަށް ވެވުނުވަރަކުން އެހީތެރިވާންވީ ދުވަހެވެ. ޢާއިލީ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް ޒިޔާރަތްކޮށް ރައްޓެހިން ރަޙުމަތްތެރިންނާ ބައްދަލުކޮށް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކޮށް އުޅޭންވީ ދުވަހެވެ،" ރައީސްގެ ހިތާބުގައި ވެ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އީދު ދުވަސް ފަދަ މުނާސަބަތުތަކަކީ، އިސްލާމީ އަގީދާ ހަރުދަނާކޮށް، ގައުމުގައި ވަހުދަތުގެ ބިންގާ ހަރުދަނާކުރުމަށް އިތުރު އަޒުމުތައް ވެސް އާކުރުމަށް ވަރަށް ވެސް އެކަށީގެންވާ މުނާސަބަތެކެވެ.
ރައީސްގެ އީދުގެ ހިތާބުގައި ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަހުނިއްޔާ ދަންނަވައިފަ އެވެ. އަދި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުގެ ވެރިންނާއި އެ ތަންތާނގެ ބައިވެރިންނަށް ވެސް އެމަނިކުފާނު އީދުގެ ތަހުނިއްޔާ ދެންނެވި އެވެ.
ރައީސް އީދު ސަލާމްކުރެއްވުން ރަސްރަނި ބަގީޗާގައި
ރައީސް އީދު ސަލާމް ކުރެއްވުން ދަރުބާރުގޭގައި
ދުއާ ނުކުރެވުމުން ރައީސްގެ އިސްތިއުފާ އަށް ގޮވައިފި
ހައްލު ނުލިބުމަކީ އިދިކޮޅު ފަރާތްތަކަށް އީދު ހަދިޔާއެއް
ރައީސް އީދު ސަލާމްކުރެއްވުން އިސްލާމީ މަރުކަޒުގައި
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް
ދެކުނަށް ފެން އީދެއް، އުތުރަށް މޫސުން ރަނގަޅުވާނެ
މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ