Roadha Mihaaru

މަސީހާ ދެކޮޅަށް ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ސޮއި ކުރައްވައިފިނަމަ އުނދަގޫވާނެ: ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ސޮއިކުރައްވައިފި ނަމަ އެއީ އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވާނެ ކަމަށް ކަމަށް ރައީސް އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހާ ދެކޮޅަށް ސޮއި ކޮށްފި ނަމަ އުނދަގޫވާނެ: ރައީސް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

30 ޖޫން 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ސޮއިކުރައްވައިފި ނަމަ އެއީ އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވާނެ ކަމަށް ކަމަށް ރައީސް އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުން ތިއްބަވާ ވައިބާ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވީ އެއްވެސް މެމްބަރަކު ހިތްހަމަނުޖެހޭ ކަމެއް އޮތަސް، މުޅި ސަރުކާރަށާއި ޕާލަމެންޓްރީ ގްރޫޕަށް ގެއްލުން ނުދިނުމަށް އިހުތިރާމާއެކު އެދިވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސީހު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު

ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސީހު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު

"މެމްބަރުން، އަޅުގަނޑު ދަންނަވާލި ކަމުގައި ކަށަވަރުކަން ދެއްވަމުން ގެންގޮސްދެއްވާ. މަސައްކަތް ކުރެވޭނީ ޓީމެއްގެ ގޮތުގައި. ދެކޮޅަށް ދުވާ މަގެއް ރަނގަޅީ،" މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން ތިއްބެވި ގޮތް އެމަނިކުފާނަށް އަންގަވަމުން ގެންދެވުމަށް އެދިވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ އެ އެދިވަޑައިގަތުމަށް ބައެއް މެމްބަރުން އިޖާބަ ދެއްވައި، ވައިބާ ގުރޫޕްގައި ކުރެއްވި މެސެޖްތަކުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން، އެ މަނިކުފާނާ ވަކިން ބައްދަލު ކުރެއްވުމުގެ ފުރުސަތު ވެސް މެމްބަރުންނަށް އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ލީކުވި ވައިބާ މެސެޖްތަކުން އެނގޭ ގޮތުގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ތާއީދު ކުރެއްވީ މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނާއި ޕީޕީއެމްގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.

ޝިޔާމް ވިދާޅުވީ ރައީސްގެ ވާހަކަފުޅު ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށާއި ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕަކީ ރައީސަށާއި ސަރުކާރަށް ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރި ބަދަހި ޓީމެއް ކަމަށެވެ. އަދި އެފަދަ ދެރައެއް ރައްޔިތުންނަށް ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގަނުގަންނަވާނެ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ. މުހައްމަދު ވިދާޅުވެފައިވަނީ ސަރުކާރާއި ރައީސް ޔާމީނާއެކުގައި ދެމިހުންނަވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން ސޮއިކުރެއްވުމަކީ "މާސިންގާ އަޑި ނުފެންނަ ފުން ކަނޑަކަށް" ފުންމާލުން ފަދަ ކަމެކެވެ. އުމަރު ވެސް ހަމައެކަނި ވަނީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.

ރަސްމިއްޔާތެއްގައި ރައީސް ޔާމީން (ކ-2) އާއި މިނިސްޓަރުންނާއި މަޖިލިހުގެ މެމްބަރުން. - ފޮޓޯ: މިހާރު

ރަސްމިއްޔާތެއްގައި ރައީސް ޔާމީން (ކ-2) އާއި މިނިސްޓަރުންނާއި މަޖިލިހުގެ މެމްބަރުން. - ފޮޓޯ: މިހާރު

ރައީސް ޔާމީންގެ ވާހަކަފުޅުތައް މިގޮތަށް އައި ކަމަށް ބެލެވެނީ މި ފިތުރު އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމާ އެކު "ރައްޔިތުން އެދޭ ފަދަ އުފާވެރި ޚަބަރުތަކެއް" ލިބޭނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ މަޖިލިހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅުމަށެވެ. މިހާރު އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދު އޮތީ ފާސްކޮށްފަ އެވެ. އެހެންވެ، އެކަމުގައި ޕީޕީއެމްގެ މެމްބަރުންގެ އެހީތެރިކަން ވެސް ބޭނުންވެ އެވެ.