Roadha Mihaaru
މިއީ ރަޝިޔާއާ އެކު މަސައްކަތް ކުރަންވީ ވަގުތު: ޓްރަމްޕް

މިއީ ރަޝިޔާއާ އެކު މަސައްކަތް ކުރަންވީ ވަގުތު: ޓްރަމްޕް

10 ޖުލައި 2017

ވޮޝިންޓަން (ޖުލައި 10) - ރަޝިޔާއާ އެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖުލައި 10) - ރަޝިޔާއާ އެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އާއި ސީރިއާ ހަނގުރާމައިގައި ރަޝިޔާ އިން އަދާކުރި ރޯލާ މެދު އެމެރިކާ އާއި ރަޝިޔާއާ މެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ މިއީ ދެ ގައުމުގެ ގުޅުން ކުރިއަށް ގެންދަންވީ ވަގުތު ކަމަށެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޖަރުމަނުގައި ކުރިއަށް ދިޔަ ޖީ20 ސަމިޓުގެ ތެރޭގައި ޕުޓިންއާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ޕުޓިން ދެކޮޅު ހެއްދެވި ކަމަށެވެ.

ޔޫރަޕް ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ސައިބަ ސެކިއުރިޓީ ޔުނިޓެއް އުފެއްދުމާ ބެހޭ ގޮތުން ޕުޓިންއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ޓްރަމްޕުގެ މި ޚިޔާލަށް ރިޕަބްލިކަން ޕާޓީގެ ތެރޭން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށައިފަ އެވެ. އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރަމުން ދަނިކޮށް ރަޝިޔާއާ އެކު މަސައްކަތް ކުރުމާ ބެހޭ ގޮތުން ޕާޓީގެ ސީނިއާ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ނަމަވެސް ޓްރަމްޕް ފަހުން ވަނީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ނަމަވެސް އެއީ ވާނެ ކަމެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.