Roadha Mihaaru
ރޯދަވީއްލަން ރިސޯޓަކަށް: މުޅިން ތަފާތު ކަމެއް

ރޯދަވީއްލަން ރިސޯޓަކަށް: މުޅިން ތަފާތު ކަމެއް

27 ޖޫން 2016

ދިވެހިންގެ ރޯދަ ވިއްލުމުގެ ވައްޓަފާޅި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ގޭތެރެއިން، ކެފޭތަކުން، ރެސްޓޯރަންޓްތަކުން ހުޅުލެއިން ގޮސް މިހާރު ރިސޯޓްތަކާ ހަމައަށް ހިނގައްޖެ އެވެ. ކައިރި ރިސޯޓްތަކަށް ގޮސް ރޯދަ ވީއްލުން މިހާރު ވަނީ ވައިގައި ހިފައިފަ އެވެ. މިއީ، މި އަހަރު ފެނުނު އެންމެ އާދަޔާޚިލާފު އެއް މަންޒަރެވެ. އާއިލާ ނުވަތަ ރަށްޓެހިންނާ އެކީ ރޯދަ ވިއްލަން ބޭރަށް ދިއުމުގެ "ޓްރެންޑް"ގެ ތެރެއަށް މިހާރު ވަނީ ރިސޯޓްތައް ވެސް އިތުރުވެފަ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އާ ޑިޝްތަކާ އެކު ޕެރަޑައިސް

"ވަރަށް ސަޅި! މިފަހަރު އެންމެ ހިތްގައިމު ރޯދަ މެނޫއެއް އޮތީ ޕެރަޑައިސްގައި،" ޕެރަޑައިސް އައިލެންޑް ރިސޯޓުން ރޯދަ ވިއްލި މީހަކު ބުންޏެވެ.

ޕެރަޑައިސް ގައި ރޯދަ ވިއްލުން ބާއްވާތާ މިއީ ތިން ވަނަ އަހަރެވެ. އެ ރިސޯޓުގެ އެފްއެންޑްބީ ކޯޑިނޭޓަރު އަހުމަދު ރަޝީދު ވިދާޅުވީ އެ ރިސޯޓުން ރޯދަ ވީއްލުން ބޭއްވި ފުރަތަމަ އަހަރާ އަޅާ ބަލާއިރު 70 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ދިވެހިންގެ ފަރާތުން ލިބޭ ތަރުހީބު ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

މިއަހަރު ދުވާލަކު 60-70 މީހުންނަށް ރޯދަ ވިއްލުން ޕެރަޑައިސުން ދޭ އިރު، ބުފޭ ސްޓައިލަށް އޮންނަ ރޯދަ ވީއްލުން ފުޅާކޮށް، ތަފާތު އާ ޑިޝްތައް ވަނީ އިތުރުކޮށްފަ އެވެ. މި މެނޫގައި އެންމެ ކުރީގައި އުޅެނީ ދިވެހި ރަހަތައް ކަމުގައި ވިޔަސް ވެސްޓާން އަދި އީސްޓާން ޑިޝްތައް ވެސް މަދެއް ނޫނެވެ.

އަހުމަދު ފާހަގަ ކުރި ގޮތުގައި އެ ރިސޯޓަށް ރޯދަ ވީއްލަން ރައްޓެހިންގެ ގުރޫޕްތަކާއި، އޮފީސްތަކުގެ އިތުރުން ދެމަފިރިން ވެސް ދިޔަ ނަމަވެސް އެންމެ ގިނައިން ދަނީ އާއިލާތައް އެކުގަ އެވެ. މި ރިސޯޓުގައި ރޯދަ ވީއްލުމަކަށް ބޮލަކަށް ނަގަނީ 45 ޑޮލަރެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓު ރޯދަ ވިއްލުމަށް ތައްޔާރު ކޮށްފައި: މި ރިސޯޓުން ރޯދަ ވިއްލުން ދެނީ 49 ޑޮލަރަށް. -- ފޮޓޯ: ޕެރަޑައިސް އައިލެންޑް ރިސޯޓް

ޕެރަޑައިސް އައިލެންޑް ރިސޯޓު ރޯދަ ވިއްލުމަށް ތައްޔާރު ކޮށްފައި: މި ރިސޯޓުން ރޯދަ ވިއްލުން ދެނީ 49 ޑޮލަރަށް. -- ފޮޓޯ: ޕެރަޑައިސް އައިލެންޑް ރިސޯޓް

ބަނޑޮހުގެ މެނޫގައި އިތުރު ފޮނިކާތަކެތި

އެހެން އަހަރުތަކެކޭ އެއްގޮތަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި މި އަހަރު ވެސް ރޯދަ ވީއްލުން އޮވެ އެވެ. ބަނޑޮހުން މި ފަހަރު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ފޮނިކާތަކެތީގެ ވައްތަރުތައް އިތުރު ކުރުމަށެވެ. އެއީ، ބަނޑޮހުގެ އެފްއެންޑްބީ ޑިރެކްޓަރު ރޭންޑީ ޕޮސްޓްރާޑޯ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ކުޑަކުދިންނާއި އަންހެނުންނަށް އެ ވައްތަރުތައް ކަމުދާތީ އެވެ. މީގެ އިތުރުން، ރޯދަ ވީއްލަން ދިވެހިން އެންމެ ގިނައިން ކާ އެއްޗެއްސާ އެކު ބޭރުގެ ރަހަތަށް ވެސް ގިނަ އަދަދަކަށް ހިމަނާފައިވެ އެވެ.

"މި ފަހަރުގެ މެނޫ ތައްޔާރު ކުރަން ދިވެހި ޝެފެއް ވާނީ ހަމަޖައްސާފައި. އެއީ އެންމެ މޮޅު ދިވެހި ޝެފްގެ އެވޯޑު ވެސް ހޯދާފައިވާ ފަރާތެއް،" ރޭންޑީ ވިދާޅުވި އެވެ.

ބަނޑޮހުގެ ރޯދަ ވީއްލުމަށް ލިބޭ ތަރުހީބު ވެސް ވަރަށް ރަނގަޅެވެ. އެހެން ފަހަރުތަކާ އަޅާ ބަލާއިރު ފުރަތަމަ ދިހަ އަށް ފަހު ކޮންމެ ދުވަހަކު ވެސް ފުދޭ ވަރަކަށް ބުކިންސް ލިބެމުން ދެ އެވެ. ވަކިވަކި މީހުންނަށް ވުރެ ބޮޑަށް އެ ރިސޯޓަށް ރޯދަ ވީއްލަން ދަނީ އާއިލާތަކާއި ގްރޫޕުތަކުގެ އިތުރަށް އޮފީސްތަކުގެ މީހުންނެވެ.

"މާލޭގެ އިތުރުން މާލެއާ ކައިރި ރަށްރަށުން ވެސް މީހުން އާދޭ. ... މާލެއާ އެންމެ ކައިރި އެއް ރިސޯޓަށް ވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ އެޑްވާންޓޭޖެއް،" ރޭންޑީ ވިދާޅުވި އެވެ.

ބަނޑޮހުން ރޯދަ ވީއްލުން ބާއްވަނީ "ސީ ބްރީޒް" ރެސްޓޯރަންޓުގަ އެވެ. މީރު ކާއެއްޗެއްސަށް އިންސާފު ކުރާއިރު، ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާޅު ޖަހާ ހިތްގައިމު އަޑު އަހާލަން ލިބުމެވެ. ބަނޑޮހުގެ ހިތްގައިމު މާހައުލުގައި ރޯދަ ވީއްލުމުގެ ތަފާތަކީ އެއީ އެވެ. މި ރިސޯޓުން ރޯދަ ވީއްލުމަށް ބޮލަކަށް ނަގަނީ 55 ޑޮލަރެވެ.

ރިސޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ތަފާތު ތަޖުރިބާއެއް ލިބޭނެ ފަދަ ހިދުމަތްތަކެކެވެ. މާލޭގެ ހަލަބޮލި މާހައުލުން ދުރުގައި، ރީތި ގުދުރަތީ މަންޒަރުތަކުން ފުރިފައިވާ މިފަދަ ރިސޯޓެއްގައި ރޯދަ ވީއްލުމަކީ ކޮންމެ މީހެއްގެ ވެސް ހިތްހަމަޖައްސައިދޭނެ ކަމެއް ކަން ޔަަގީނެވެ.