ލ. ގަމުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏެއް، ގަވައިދާ ހިލާފުވެގެން ތިން ލައްކައެއްހާ ރުފިޔާއިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޖޫރިމަނާކޮށްފި އެވެ.
21 އޯގަސްޓް 2017
ލ. ގަމުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏެއް، ގަވައިދާ ހިލާފުވެގެން ތިން ލައްކައެއްހާ ރުފިޔާއިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޖޫރިމަނާކޮށްފި އެވެ.
ގަވައިދާހިލާފަށް ބްރޯޑްކާސްޓްކޮށްގެން، ލ. ގަމު ޕިކްސެލް ވިޝަން 296،000 ރުފިޔާއިން ޖޫރިމަނާ ކުރީ، އެކަމާ ގުޅޭގޮތުން ބްރޯޑްކޮމް އަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު އިއްޔެ އެވެ.
ބްރޯޑްކޮމް އިން ބުނިގޮތުގައި މީޑިއާނެޓާއި ހާލި އިންވެސްޓްމަންޓާ ގުޅިގެން ގަމުގައި ބްރޯޑްކާސްޓިންގެ ހިދުމަތްދޭ ޕިކްސެލް ކުންފުނިން ވަނީ، މީޑިއާ ނެޓުން އެކްސްކްލޫސިވް ރައިޓްސް ނަގާފައިވާ ޗެނަލްތަކާއި އެހެން ޗެނަލްތައް ވެސް ރީބްރޯޑްކާސްޓްކޮށްފަ އެވެ.
ބްރޯޑްކޮމް އިން ބުނީ، ވިޝަން ކުންފުނިން ގަމު ކައުންސިލަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުންފުނިން ދައްކަނީ އަށް ޗެނަލް ކަމަށެވެ. އެކަމަކު ކައުންސިލުން ޗެކްކޮށް ބެލިއިރު، އެ ކުންފުނިން 148 ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރާކަން އެނގިފައިވާކަން ބްރޯޑްކޮމްއިން ބުންޏެވެ.
ޖޫރިމަނާކޮށްފައި ވަނީ ރިބްރޯޑްކާސްޓްކުރުމުގެ ހައްގު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2،000 ރުފިޔާގެ މަގުންނެވެ. މި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް ބްރޯޑްކޮމް އިން ވަނީ އަންގައިފަ އެވެ.
ލ. ގަމުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ
ހަމަދު ސްކޫލުގެ އަހަރީ ދުވަސް ތަފާތު ގޮތަކަށް!
ކޭބަލް ޓީވީ ވާދަވެރި މާކެޓަކަށް: ދެން އަގު ހެޔޮވާނެ!
ކޭބަލް ޓީވީ ހުއްދަ ޕީއެސްއެމަށް، 2017 ގައި ފަށަނީ
ލ. ގަމަށް އަލުން ކަރަންޓު ދީފި
މުޅި ގަމަށް ކަރަންޓު ދެވޭނީ މިރޭ 12 ޖަހާކަންހާއިރު
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
"ރަށްރަށުގެ މެދުގައި އަދުލުވެރިކަން ގާއިމްކޮށްދޭނަން"
ލ. ލިންކުގެ އެކްސިޑެންޓެއްގައި ދެމީހެއްގެ ފައި ބިނދި، ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް!
މަސްހިފަން ފޭބި މީހާ ފެނިއްޖެ