01 ސެޕްޓެމްބަރ 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ކޯޓުގެ ހުކުމުގައި އަންގާފައިވާ އެންގުން ތަންފީޒު ނުވުމަކީ ލަދުވެތި ކަމެއް ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ކޯޓުގެ ހުކުމުގައި އަންގާފައިވާ އެންގުން ތަންފީޒު ނުވުމަކީ ލަދުވެތި ކަމެއް ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.
ހޮސްޕިޓަލްގައި އޮންނަވަނިކޮށް ގާސިމްގެ ޣައިރު ހާޒިރުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކުރި ހުކުމުގައި ދައުލަތުގެ އިދާރާތަކަށް އަންގާފައިވަނީ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އިތުރު ފަރުވާއަށް ގާސިމް ރާއްޖެއިން ބޭރަށް ފޮނުވަން ހުރަސް އެޅިގެން ނުވާނެ ކަމަށާއި އެ އިންތިޒާމްތައް ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
އެކަމަކު ހުކުމުގެ އެ ބައި ސަރުކާރުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ގާސިމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގާސިމްގެ ހުކުމް ތަންފީޒު ކުރަން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސް އިން ނިންމާފައި ވިޔަސް ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުން ދޫނުކުރަން ޑޮކްޓަރުން އޮތީ ނިންމައިފަ އެވެ. އެހެންވެ، ގާސިމް އަދިވެސް އޮންނެވީ ހޮސްޕިޓަލްގައި ކަމަށް ބަޔާނުގައިވެ އެވެ.
ވަކީލުން ބުނީ ފަރުވާއަށް ބޭޭރަށް ފޮނުވަން ހުކުމުގައި އަންގާފައި އޮތް އެންގުން ހަފުތާއެއް ވީއިރު ވެސް ތަންފީޒު ނުކުރެވުމަކީ ދައުލަތުގެ އިދާރާތަކާ މެދު ލަދުވެތި ކަމެއް ކަމަށެވެ.
ގާސިމް ކޯޓަށް ހާޒިރުނުވީ އެއީ ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް ކަމަށް ޑޮކްޓަރު ބުނެފައިވާތީ ކަމަށާއި އޭގެ ލިޔުންތައް ވެސް ކޯޓަށް ހުށަހެޅި ކަމަށް ބަޔާނުގައިވެ އެވެ.
ވަކީލުން ބުނީ ޑޮކްޓަރުގެ ލިޔުންތައް ހުށަހެޅުމުން ދެ ފަހަރަކު އަޑުއެހުން ކެންސަލް ވެސް ކުރި ކަމަށެވެ. އެކަމަކު ހުކުމްކުރި ރޭ ކޯޓަށް ހާޒިރުވުމުގެ އަމުރު ކުއްލި ގޮތަކަށް ފޮނުވުމުން ވެސް ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން އެކަމަށް އުޒުރުވެރިވާ ކަމަށް ބަޔާންކޮށް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށް ވަކީލުން ބުނެ އެވެ. ނަމަވެސް އެ ސިޓީ ކޯޓުން ބަލައިނުގަނެ، ޣައިރު ހާޒިރުގައި ހުކުމްކުރީ ކަމަށް ބަޔާނުގައިވެ އެވެ.
"ރޭގަނޑު 12 ވެސް ޖެހި ފަހުން އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވާއިރު އެމަނިކުފާނުގެ ބަލި ހާލަތަށްޓަކައި ލިބެން ޖެހޭ ފުރުސަތުތައް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމީ ހާމައަށް ފެންނަން އޮތް ކަމެކެވެ،" ވަކީލުން ބުނެފައިވެ އެވެ.
ގާސިމްގެ ވަކީލުން ބުނީ ދައުވާ ލިބޭ މީހެއްގެ ބަލި ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރަކު ދީފައިވާ އިރުޝާދަކާ ޚިލާފަށް ކޯޓުން އަމަލު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް ވެސް ބުންޏެވެ.
ވަކީލުންގެ ބަޔާނުގައި ވަނީ ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ކަނޑައަޅަނީ ޑޮކްޓަރު ކަމަށާއި ގާސިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ލަފާ ދެނީ ވެސް ރާއްޖޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުން ކަމަށެވެ.
"ބަލިވެގެން ހޮސްޕިޓަލަށް ދާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ކަނޑައެޅުމާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ނަމަ އެޑްމިޓް ކުރުމާއި މި ކަންކަމަކީ ޑޮކްޓަރުން ކަނޑައަޅުއްވާ ކަންކަމެވެ. އެއީ ބަލި މީހާ އަމިއްލައަށް ކަނޑައަޅާ ކަންކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
ގާސިމް ބޭރަށް ފޮނުވަން ކޯޓުގެ ހުކުމުގައި އެންގި ބައި އެޓާނީ ޖެނެރަލްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ ގާސިމް ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި އޮތުމަށް ފަހު އެވެ.
ގާސިމްގެ ވަކީލުންގެ ސިޓީއެއް ކްރިމިނަލް ކޯޓަށް
"އަސާސީ ހައްގުތަކުން ގާސިމް ވަނީ މަހްރޫމްކޮށްފައި"
މާދަމާ ޝަރީއަތް ފަށަނީ ގާސިމް ބަންދު ކުރަން: ވަކީލުން
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
ޔާމީން ޖަލަށްލައި އަދީބު ގޭގައި ހުރުމަކީ ހަދިޔާއެއް!
ޔާމީނަށް ހުކުމް އިއްވުން ގާސިމްގެ ބޮލަށް!؟
ގާސިމްގެ ގިނަ މައްސަލަތައް ހުރީ މަޑުޖެހިފައި: ވަކީލުން
ފާރިސް އާއި ސިޔާދު ވެސް ބަންދު
ހިސާން: ހައްގުތަކުގެ ދިފާއުގައި، ދޫދިނުމެއް ނެތް
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު