Roadha Mihaaru
މަފާޒުގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

މަފާޒުގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

11 ސެޕްޓެމްބަރ 2017

ކެފޭއެއްގައި އިންދައި މަރާލި ނަދީމް އަބްދުއްރަހީމް 24، ގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒުގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކެފޭއެއްގައި އިންދައި މަރާލި ނަދީމް އަބްދުއްރަހީމް 24، ގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒުގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.

މިދިޔަ ޖުލައި 27 ވަނަ ދުވަހުގެ ރޭ ޓާމިނަލް ކެފޭގައި އިންދައި ނަދީމްގެ ބޮލަށް ވަޅިހަރައި މަރާލި މައްސަލާގައި ގ. ޖެލީ ފިޝްގެ ބަލާ ފާސްކޮށް މަފާޒު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ވެސް މަފާޒް އެކަންޏެވެ.

އޭގެ ފަހުން މަފާޒްގެ ބަންދުގެ މުއްދަތު ދެ ފަހަރަށް އިތުރުކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާގެ ބަންދަށް އިއްޔެއިން ފެށިގެން އަނެއްކާވެސް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

މަފާޒަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މޮނިކަން އަމުރުގެ ދަށުން ޓެގް އެޅުވި މީހެކެވެ. މޮނިކޮން އަމުރާ ޚިލާފްވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށް، އެ މައްސަލާގައި މަފާޒަށް ދައުވާ ވެސް ކުރި އެވެ.