Roadha Mihaaru
ބްރިޖްގެ ބައެއްގެ މަސައްކަތް ބަލަން މުއިއްޒު ޗައިނާއަށް

ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ބެއްލެވުމަށް މުއިއްޒު ޗައިނާއަށް

27 ސެޕްޓެމްބަރ 2017

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ޗައިނާގައި ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ޗައިނާގައި ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

މުއިއްޒު ޗައިނާ އަށް ފުރައި ވަޑައިގަތީ އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަމުންދާ ބްރިޖްގެ ބައެއްގެ ގޮތުގައި ހިމެނޭ ބޮކްސް ގާޑާ ބީމްތަކުގެ މަސައްކަތް އެ ގައުމުގައި ކުރިއަށް ގެންދާ ބެއްލެވުމަށެވެ.

ބޮކްސް ގާޑާ ބީމަކީ ބްރިޖްގެ ތަނބުތަކުގެ ދެމެދުގައި ހުންނަ ބައެކެވެ.

ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި، މުއިއްޒު ވިދާޅުވީ އެ ބީމްތަކުގެ މަސައްކަތް ކުރަނީ ޗައިނާގައި ކަމަށާއި ދަތުރުގެ ބޭނުމަކީ އެ މަސައްކަތް ކުރަމުންދާ ގޮތް ބަލައި، އިންޖިނިއަރުންނާ ބައްދަލު ކުރެއްވުން ކަމަށެވެ. އެ ބީމްތަކުގެ މަސައްކަތް ނިމި، އަންނަ ޑިސެމްބަރު މަހު ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ހަލުވިމިނުގައި ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް އެބަ ހިނގާ. އެހެންވީމަ ބީމްތައް ގެންނަންވާއިރަށް ކޮންކްރީޓް މަސައްކަތްތައް ނިމޭނެ. ތިން ތަނބުގެ ކޮންޓްރީޓް އެއްކޮށް ނިމޭނީ އޮކްޓޫބަރު 20 ހިސާބުގައި." މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގައި ހަދަނީ 50 މީޓަރުގެ ދެ ބީމާއި 22 މީޓަރުގެ ބީމެކެވެ. ބްރިޖްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރުގެ މެދު ތެރޭގައި ބްރިޖް ހުޅުވޭނެ ކަމަށެވެ.