ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ސިކުންތު ކޮޅު ތެރޭގައި ޓޮމް ކްލެވަލީ ޖެހި ލަނޑާ އެކު 2-1 އިން އާސެނަލް އަތުން ވަޓްފޯޑް މޮޅުވެއްޖެ އެވެ.
15 އޮކްޓޯބަރ 2017
ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ސިކުންތު ކޮޅު ތެރޭގައި ޓޮމް ކްލެވަލީ ޖެހި ލަނޑާ އެކު 2-1 އިން އާސެނަލް އަތުން ވަޓްފޯޑް މޮޅުވެއްޖެ އެވެ.
މި މެޗުން މޮޅުވެގެން ލީގުގެ ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އާސެނަލަށް އޮތެވެ. އެހެން ނަމަވެސް ބަލިވުމުން އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މި މޮޅާ އެކު ވަޓްފޯޑް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެ ޓީމަށް އަށް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގެ 39 ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިިދިނީ ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު ޕާ މާޓެސެކާ އެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހަށް ފަހު ޕްރިމިއާ ލީގުގައި މާޓެސެކާ އާސެނަލް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ލީޑުފުޅާކުރަން އާސެނަލްގެ ހެކްޓަ ބެލެރިން އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުކުރެވުނެވެ.
ވަޓްފޯޑަށް އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޓްރޮއީ ޑީނީ އެވެ. މި ޕެނަލްޓީ އަކީ އާސެނަލްގެ ބެލެރިން ވަޓްފޯޑްގެ ރިޗާލިސަން އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ކްލެވަލީ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ރޭގެ މެޗު އެ ޓީމަށް ގެއްލުނީ ރެފްރީގެ ގޯސް ނިންމުމެއްގެ ސަަބަބުން ކަމަށެވެ.
"އަހަރެން ބުނާނީ އެއީ ޕެނަލްޓީއެއް ނޫން. އެ ޕެނަލްޓީ ލިބުނީ ވެސް ވަޓްފޯޑަށް އެންމެ ބޭނުންވި ވަގުތުގައި. އެ ޓީމުން މެޗުގެ ތެރެއަށް ވަންނަން އެންމެ ބޭނުންވި ވަގުތު،" ވެންގާ ބުންޏެވެ.
ވަޓްފޯޑްގެ ކޯޗު މާކޯސް ސިލްވާ ބުނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަން ބޭނުންނުވާ ކަމަށާއި ބޭނުންވާ ނަތީޖާ ނެރެވުމުން އެ ހިތްހަމަ ޖެހުން ލިބިއްޖެ ކަމަށެވެ.
އާސެނަލް ހަތަރަކަށް، ބާންލީ-ވަޓްފޯޑް މެޗު ފަސްކޮށްފި
އާޓެޓާގެ 100 ވަނަ މެޗުގައި އާސެނަލް މޮޅުވެއްޖެ
ސިޓީ އަށް މޮޅެއް، އާސެނަލް ބަލިކޮށް ވިލާ އުއްމީދުގައި
އާސެނަލުގެ މައްސަލަތައް ހައްލެއް ނުވޭ: އެމެރީ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ލީގު ހޯދާވަރުގެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ލިވަޕޫލަށް ތިން ޕޮއިންޓް، އާސެނަލަށް މާޔޫސްކަން
އާސެނަލް އަނެއްކާ ވެސް ޗެމްޕިއަނުންގެ ރޭހަށް
އާޓެޓާ ބުނީ މިވަރުގެ ގޯސް ޕެނަލްޓީއެއް ނުދެކޭ ކަމަށް