17 އޮކްޓޯބަރ 2017
ޔަންގޮން (އޮކްޓޯބަރު 17) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ މެދު ސިފައިން ކަންކުރަމުންދާ ގޮތުގެ ތެދު ޚަބަރު ލިޔާ މިއަންމާގެ ނޫސްވެރިންނަށް އެކި ފާޑުގެ ފުރައްސާރަކޮށް އެ މީހުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހޭ ކަމަށް ބުނެފި އެވެ.
ޔަންގޮން (އޮކްޓޯބަރު 17) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ މެދު ސިފައިން ކަންކުރަމުންދާ ގޮތުގެ ތެދު ޚަބަރު ލިޔާ މިއަންމާގެ ނޫސްވެރިންނަށް އެކި ފާޑުގެ ފުރައްސާރަކޮށް އެ މީހުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހޭ ކަމަށް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ރިޕޯޓަރަކު ބުނީ ރޮހިންޖާ މައްސަލަ ރިޕޯޓްކުރި ގޮތުން އޭނާ އަށް ވަރަށް ގިނަ ހަމަލާތައް އަމާޒުވި ކަމަށެވެ.
"ރަކީންގައި ހިނގާ ކަންތައްތަކުގެ ތެދު ޚަބަރު ލިޔަން އުޅެފި ނަމަ އަހަރެންގެ ހަޔާތް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓޭ،" ރަކީން އިންވެސްޓިގޭޓިވް އެޖެންސީގެ އެޑިޓަރު މިން މިން ބުންޏެވެ.
ޒުވާން އެޑިޓަރު ބުނީ މަހަކު އެއްފަހަރު ނެރޭ އޭނާގެ ސިޔާސީ މަޖައްލާގައި ރަކީން ސްޓޭޓުގައި ހިންގާ ކަންކަމުގެ ކަވަރޭޖް ދޭންޖެހިފައި ވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
"އަހަރެމެން ތިބެން ޖެހިފައި މިވަނީ ވަރަށް ހިމޭނުން. ރަކީންގެ ހާލަތު ރިޕޯޓްކުރުން ހުއްޓާލަން ޖެހިފައި މިވަނީ. ލިޔާ އެއްޗިއްސަށް ވަރަށް ފަރުވާތެރިވާން ޖެހޭ،" މިން ބުންޏެވެ.
ރަކީންގައި އޮގަސްޓް 25 ވަނަ ދުވަހު މިއަންމާ ސިފައިން ދޭން ފެށި ހަމަލާތަކާ ގުޅިގެން އަވަށްޓެރި ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ބައި މިލިއަނަށް އަރައިފަ އެވެ. މިއަންމާ ސިފައިންގެ އެ އަމަލު އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނައްތާލުމުގެ ދަރަޖައިގަ އެވެ.
ރޮހިންޖާ މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުން ގެނެސްދޭ ގޮތަށް މިއަންމާގެ ލީޑަރު އަން ސަން ސޫކީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރަކީންގެ ހާލަތާ ގުޅޭ ގޮތުން އދ. އިން ތައްޔާރުކުރި ޑޮކިއުމެންޓަރީ އަކީ "ފޭކް ނިއުސްއެއް" ކަމަށް ސޫކީ ވަނީ ވިދާޅުވެފަ އެވެ.
އަލް ޖަޒީރާ އަށް ވާހަކަ ދެއްކި މިއަންމާގެ ބައެއް ނޫސްވެރިން ބުނެފައި ވަނީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް ރަކީންގެ ހާލަތު ބަޔާންކޮށްދޭ ނަމަ އެ މީހުންނަށް މަރުގެ އިންޒާރުތައް ވެސް ލިބޭ ކަމަށެވެ.
ރަކީންގެ އަރާކާން ރޮހިންޖާ ސެލްވޭޝަން އާމީ (އަރްސާ) އަކީ ޓެރިސްޓުން ކަމަށް މިއަންމާ ސަރުކާރުން ބުނެ އެވެ. އަދި ރަކީންގެ އަވަށްތަކުގައި އަލިފާން ޖަހަނީ ރޮހިންޖާ މުސްލިމުން ކަމަށް ސަރުކާރުން ބުނެ އެވެ.
މިއަންމާގެ ގަތުލްއާއްމު ރިޕޯޓްކުރި ނޫސްވެރިންނަށް ދައުވާ ކުރަނީ
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް