ސީރިއާ އަށް ދާން އުޅުނު ދެ ދިވެއްސަކު އަތުލައިގަނެ، ރާއްޖެ ގެނެސްފި އެވެ.
21 އޮކްޓޯބަރ 2017
ސީރިއާ އަށް ދާން އުޅުނު ދެ ދިވެއްސަކު އަތުލައިގަނެ، ރާއްޖެ ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ތުރުކީ މަގުން ސީރިއާ އަށް ދާން އުޅުނު އެ ދެ ދިވެހިން އަތުލައިގަތީ ތުރުކީންނެވެ. އެ މީހުން ރާއްޖެ ގެނެސް، އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅުނު ބައެއް ދިވެހިން މީގެ ކުރިން ވެސް ހައްޔަރުކޮށް، ރާއްޖެ ގެނެސްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދަނީ ޝަރީއަތް ހިިންގަމުންނެވެ. ދާދި ފަހުން މެލޭޝިއާ އިން ވެސް ވަނީ ސީރިއާއަށް ދާން އުޅުނު ދެ ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.
ސީރިއާގައި 2011 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ދާޚިލީ ހަނގުރާމައިގައިި ބައެއް ދިވެހިން މިހާރު ވެސް ބައިވެރިވަމުންދާއިރު، ބައެއް ދިވެހިން ވަނީ އެ ހަނގުރާމައިގައި މަރުވެފަ އެވެ. ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބޮޑު އަދަބު ލިބޭ ކުށެކެވެ.
ސީރިޔާ ހަނގުރާމައަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފި
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
އެންމެފަހުން ސަނީއުމަރު ކޯޓު އަމުރެއްގެ ދަށުން ހަައްޔަރު
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު